ބ. އޭދަފުށީ ކައުންސިލުގެ މިއަހަރުގެ ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އަންނަ އޯގަސްޓްމަހުގެ 8-10 އަށް ބާއްވަން ނިންމާފައިވާ އެ މުބާރާތުގައި ބައިވެރިވާން ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ޖުލައި މަހުގެ 23 ގެ ނިޔަލަށެވެ.
މުބާރާތުގައި ބައިވެރިވެވޭނީ މުބާރާޓުގައި ބައިވެރިވުމަށްއެދޭ ފޯމް އޭދަފުށީ ކައުންސިލަށް ހުށަހަލައިގެންނެވެ.
އޭދަފުށީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ސުކޫލް، ދަރިވަރުންނަށާއި ރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ ގުރުއާން ކުލާސްތަކަށް ދީފައިވާ ކަމަށެވެ. އަދި ކްލަބު ޖަމިއްޔާތަކަށް ވެސް އެ ފުރުސަތު ހުލުވާލާފައިވާ ކަމަށް ރަށު ކައުންސިލުން ބުންޏެވެ.
ކީރިތި ގުރުއާން ކިޔެވުމަށް ލޯބި ޖެއްސުމާއި އަތޮޅު އަދި ގައުމީ ގުރުއާން މުބާރާތަށް ކުދިން ހޮވުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތުގައި ހިތުން ކިޔުމާއި ބަލައިގެން ކިޔުމުގެ ބައިން ވަނަތައް ހޮވާނެ އެވެ.