ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓު ދޭން މަޝްވަރާ ކުރަނީ

ކައުންސިލަރުންނަށް ޑިޕްލޮމެޓިކްޕާސްޕޯޓް ދިނުމަށް އިމިގްރޭޝަނާ އެކު މަޝްވަރާ ކުރަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ނިންމައިފި އެވެ.

ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި މެމްބަރުންނަށް ޑިޕްލޮމެޓިކް ނުވަތަ އޮފިޝަލް ޕާސްޕޯޓު ލިބޭނެ ގޮތްތައް ހެދުމުގެ މަޝްވަރާތައް ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.

އެލްޖީއޭގެ ބޯޑުން ބޭއްވި ބައްދަލުވުމުގައި ވަނީ އިމިގްރޭޝަނާ ބައްދަލުކޮށް އެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމައިފައެވެ. އެ މައްސަލަ އެލްޖީއޭ އަށް ހުށަހެޅީ ގދ. ތިނަދޫ ކައުންސިލުންނެވެ.

މިނިސްޓަރު ވިދާޅުވީ ކައުންސިލަރުންނަށް އޮފިޝަލް ނުވަތަ ޑިޕްލޮމެޓިކް ޕާސްޕޯޓު ހޯދައި ދިނުމުގެ ބޭނުމަކީ ކައުންސިލްތައް ބާރުވެރި ކުރުވުމާއި އަދި އެ ކައުންސިލަރުންނަކީ ވެސް ރައްޔިތުން އިންތިޚާބުކުރާ ބަޔަކަށް ވާތީ އެ ބޭފުޅުންނަށް ހައްގު ދަރަޖަ ދިނުން ކަމަށެވެ.

ޑިޕްލޮމެޓިކް ޕާސްޕޯޓް މިހާރު ލިބެނީ ދައުލަތުގެ ތިން ބާރުގެ ވެރިންނާއި ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުންނާއި ދަށު ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި އެ ފެންވަރުގެ މަގާމުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިންނާއި އެ ބޭފުޅުންގެ އަނބިން ނުވަތަ ފިރިންނާއި 18 އަހަރުނުވާ ކުދިންނަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.