ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްކޫލް ކެޕްޓަނުންނަށް އަހްމަދު ޒައިނޫން އަބްދުލްހަލީމް އާއި އައިފާ އިބްރާހީމް ރަޝީދު ހޮވައިފި އެވެ.
ޕްރިފެކްޓުންނާއި ސްކޫލުގެ އިސް މަގާމުތަކަށާއި ހައުސްތަކުގެ އިސް މަގާމްތަކަށް ހޮވި ދަރިވަރުން ހުވާކުރުމަށް ރޭ އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އޭދަފުށީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ ފާތިމަތު ޖީލާން ސަމީރެވެ.
މިއަހަރު އެ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނަކަށް ހޮވުނީ މުހައްމަދު އަލޫފް ރިފާއު އެވެ. އަދި ސްޕޯޓްސް ކެޕްޓަނަކަށް އަހްމަދު އާއިން އަސްލަމް ހޮވުނުއިރު، ޑެޕިއުޓީ ސްޕޯޓްސް ކެޕްޓަނަކަށް ހޮވުނީ ފާތުމަތު ނާއިޝާ ސައުދުﷲ އެވެ.
މި ރަސްމިއްޔާތުގައި އެ ސްކޫލްގެ އިސް މަގާމުތަކަށް ހޮވުނު ދަރިވަރުންނަށް މަގާމުގެ ލިޔުން ހަވާލުކުރުމާއި 100 ޕްރިފެކްޓުންނަށް ޕްރިފެކްޓުކަން ހަވާލުކުރިއެވެ.
ހައުސްތަކުގެ އިސް މަގާމުތަކަށް ހޮވުނު ދަރިވަރުން
- އައިޝަތު މަލާކް އަހްމަދު – ވައިލެޓް ހައުސް ކެޕްޓަން
- އާމިނަތު ރާޔާ ރަމީޒް – ވައިލެޓް ހައުސް ޑެޕިއުޓީ ކެޕްޓަން
- އަލްތޯފް މުހައްމަދު އިކްރާމް – ރެޑް ހައުސް ކެޕްޓަން
- ފާތުމަތު އިހާއު ވަހީދު – ރެޑް ހައުސް ޑެޕިއުޓީ ކެޕްޓަން
- އީނާލް އަބްދުލްމަޖީދު – ބްލޫ ހައުސް ކެޕްޓަން
- އީމާ އަހްމަދު – ބްލޫ ހައުސް ޑެޕިއުޓީ ކެޕްޓަން
- އަހްމަދު ނާހިލް އިބްރާހީމް – ޔެލޯ ހައުސް ކެޕްޓަން
- މަރިޔަމް ރާނިޔާ އަބްދުއްރަޝީދު – ޔެލޯ ހައުސް ޑެޕިއުޓީ ކެޕްޓަން
މަގާމުތަކަށް ދަރިވަރުން ހޮވާއިރު، ދަރިވަރުންގެ ކިޔެވުމާއި އަހުލާގާއި ލީޑަޝިޕާއި ހާޒިރީގެ އިތުރުން އިންޓަވިއުކޮށްގެންނެވެ. އެކަމަށް 80 ޕަސެންޓް ކަނޑައަޅާފައިވާއިރު ބާކީ 20 ޕަސެންޓް ބަލާނީ ގްރޭޑް 8 ން މަތީގެ ދަރިވަރުންގެ ވޯޓަށެވެ.