
މިއަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 11 އަށް ވަންނަން އެދޭ ދަރިވަރުންނަށް އޭ ލެވެލަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ސްކޫލުން ބުނިގޮތުގައި ގްރޭޑް 11 އަށް ވަންނަން ބޭނުންވާ ކުދިންނަށް އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅޭނެ އެވެ. ފޯމު އެ ސްކޫލުންނާއި ސްކޫލުގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.
އެ ސްކޫލުގެ ގްރޭޑް 11 އަށް ވަދެވޭނީ، ދަރިވަރުން ކިޔަވަން ބޭނުންވާ މާއްދާއިން ނުވަތަ މާއްދާތަކުން ސާނަވީ ނިންމާ އިމްތިހާނުތަކުން ދަށް ވެގެން ސީ ފާސް ލިބިފައިވާ ދަރިވަރުންނަށެވެ.
އެ ސްކޫލުގައި މިއަހަރު ވެސް އޭލެވެލް އަށް ފުރުސަތު ހުޅުވާލާފައިވަނީ ސައިންސް އާއި ބިޒްނަސްގެ މާއްދާތަކެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އޭލެވްލް ކްލާސްތަކަށް ވަނުމުގެ ފުރުސަތު މިއަދު ހުޅުވާލިއިރު، އޯލެވެލް ހެދި ދަރިވަރުންނަށް މިއަދު އަންނަނީ ނަތީޖާ ވެސް ދޫކުރަމުންނެވެ.

