
ނޭޕާލުގައި މި މަހުގެ 18 އިން 28 އަށް ކުރިއަށް ގެންދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ފުޓްބޯޅަ ޓީމްގެ ސްކޮޑާ އެކު އޭދަފުށީގެ ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޝުއާއު ޝަމްއޫން (ޝުއާ) ފުރައިފި އެވެ.
އުމުރުން 19 އަހަރުގެ މިޑްފީލްޑަރު ވަނީ ނިމިދިޔަ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި އޮޑި ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ.
ޔޫތު ޗެމްޕިއަންޝިޕްގައި މިއަހަރު އޭދަފުށީގެ 4 ކުޅުންތެރިން ކުޅެފައިވެ އެވެ. ޝުއާގެ އިތުރުން ދެން ހިމެނެނީ އޮޑި ސްޕޯޓްސް އަށް ކުޅުނު ޖައުޝަން އަބްދުالله އާއި ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅުނު މުހައްމަދު އާލީ އަލީ ޒުބެއިރު އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅުނު މުހައްމަދު ނާމީ ނަޒީފް އެވެ.
އެފްއޭއެމުން މިއަހަރުގެ 19 އަހަރުން ދަށުގެ ޔޫތު މުބާރާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ވެސް 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ސްކޮޑެއް އެކުލަވާލުމެވެ.
ސާފް ޗެމްޕިއަންޝިޕްގައި 6 ގައުމަކުން ވާދަ ކުރާއިރު, ރާއްޖެ ހިމެނެނީ އިންޑިއާ އާއި ބޫޓާނާ އެކު ގުރޫޕް ބީގަ އެވެ. ގުރޫޕް އޭގައި ހިމެނެނީ ބަންގްލަދޭޝް އާއި ސްރީލަންކާގެ އިތުރުން މުބާރާތް ބާއްވާ ގައުމު ނޭޕާލެވެ.
ކޮންމެ ގުރޫޕަކުން ވެސް އެއްވަނަ އަދި ދެވަނައަށް ދާ ޓީމު, މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭނެ އެވެ.
ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމް:
މުހައްމަދު ޔާމީން, އަހުމަދު ނަވާފް ފައުޒީ, ހަސަން ހައިޝަމް ހާމިދު, ހަސަން ރާއިދު, އަފްޒަމް މުހައްމަދު, މުހައްމަދު ޖޫދު އަޝްފާގް, ޔޫޝައު ބިން އަލީ ނަޝީދު, ދައްޔާން އަހުމަދު, ޝަނާން ރަޝާދު, އިޝްއާފް މުހައްމަދު ފިރާގު, އަބްދުالله ލޫތު އިބްރާހިމް, އާދަމް ޝިޔާން މުހައްމަދު, މުހައްމަދު ފައިޒާން ފަޒީން, އަބްދުالله ފިޒާން އަބްދުލްޣަފޫރު, އަހުމަދު ޒަހާން ނަޒީރު, އަހުމަދު އަތުވާން އަލީ, މުހައްމަދު އައިހަމް އަންވަރު, އަހުމަދު އިފްހާމް މުހައްމަދު, އާދަމް ލަޔާން ރަޝީދު, މުޒްދާން ހަސަން, ޔޫސުފް ޝާއިފް, އަބްދުالله ރަޒީފް މުހައްމަދު, މުހައްމަދު ޝުއާއު ޝަމްއޫން