އުރީދޫ ކަސްޓަމަރުންނަށް މިހާރު ލައަންސްގޭޓް ޕްލޭ ލިބޭނެ!

އުރީދޫގެ ކަސްޓަމަރުންނަށް ލަޔަންސްގޭޓް ޕްލޭ ތައާރަފްކޮށްފިއެވެ.

ލަޔަންސްގޭޓް ޕްލޭ އަކީ ބެލުންތެރިންނަށް ހިތްގައިމު އަދި ތަފާތު ޕްރިމިއަމް ކޮންޓެންޓްތަކެއް ގެނެސްދޭ ދުނިޔޭގެ މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމެކެވެ. މި ހިދުމަތަކީ މުނިފޫހިފިލުވުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލުންތެރިންނަށް ތަފާތު އަދި ހިތްހަމަޖެހޭ ކޮންޓެންޓް ލިބިގެންދާނެ ހިދުމަތެއް ކަމަށްއުރީދޫން ބުންޏެވެ.

މީގެ އިތުރުންބްލޮކްބަސްޓާ ފިލްމުތަކާއި އޮރިޖިނަލް ސީރީޒްތަކާއި އެކްސްކްލޫސިވް ކޮންޓެންޓްގެ މުއްސަނދި ލައިބްރަރީއަކާ އެކު ލަޔަންސްގޭޓް ޕްލޭ އަކީ މުނިފޫހިފިލުވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަން ސްޓޮޕް ޑެސްޓިނޭޝަނެކެވެ. ކޮލިޓީ، އިނޮވޭޝަން އަދި ސްޓޯރީޓޭލިންއަށް ހާއްސަ ސަމާލުކަމެއް ދީގެން ލަޔަންސްގޭޓް ޕްލޭ އިން ރާއްޖޭއަށް ތަފާތު ރަހަތަކާއި ފޯރުކޮށްދޭ ގޮތަށެވެ.

އުރިދޫން ލބުނީ ކަސްޓަމަރުންނަށް ލަޔަންސްގޭޓް ޕްލޭ ޕެކް އެކްޓިވޭޓް ކުރެވޭނެ ކަމަށާއި އޭގެ ތެރޭގައި ލަޔަންސްގޭޓް ޕްލޭ ސަބްސްކްރިޕްޝަނާއެކު 100 ޖީބީ ހިމެނޭ ކަމަށެވެ. އަދި އެންމެ 250 ރުފިޔާއަށް ސްޓްރީމް ކުރެވޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

އެކްޓިވޭޓް ކުރުމަށް ކަސްޓަމަރުންނަށް އުރީދޫ ސުޕައެޕް ބޭނުން ކުރެވޭނެ އެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް އުރީދޫ މޯލްޑިވްސްއަކީ ކަސްޓަމަރުންނަށް އާ އަދި އިނޮވޭޓިވް ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށެވެ. އަދި އުރީދޫ ނެޓްވޯކްގައި ލަޔަންސްގޭޓް ޕްލޭ ތައާރަފްކުރުމުން މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ، ދުނިޔޭގެ ފެންވަރުގެ މުނިފޫހިފިލުވުން ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.

“ލަޔަންސްގޭޓް ޕްލޭ ރާއްޖެއަށް ތައާރަފްކޮށް، ބެލުންތެރިންނަށް ދުނިޔޭގެ ފެންވަރުގެ ސްޓްރީމިން އެކްސްޕީރިއަންސެއް ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،” އޭޝިއާގެ ލަޔަންސްގޭޓް ޕްލޭގެ ރައީސް ރޯހިތު ޖެއިން ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.