ސީސީ އިންޓަ ރިސޯޓް ކްރިކެޓް މުބާރާތް: ފުރަތަމަ މެޗުތަކުން އަމިއްލަ އާއި ދުސިތު މޮޅުވެއްޖެ

ސޮނޭވާފުށްޓާއި ދުސިތު ބައްދަލުކުރި މެޗުގެ ތެރެއިން.— ފޮޓޯ: ރައްޔާން ފޮޓޯސް

ކްލަބް ކޮމްބިނޭޝަން (ސީސީ) އިން އިންތިޒާމްކޮށްގެން އޭދަފުށީގައި އިއްޔެފެށި އިންޓަ ރިސޯޓް ކްރިކެޓް މުބާރާތުގެ ފުރަތަމަ މެޗުތަކުން އަމިއްލަ މޯލްޑިވްސް އާއި ދުސިތު ތާނީ މޯލްޑިވްސް އިން މޮޅުވެއްޖެ އެވެ.

މި ފަހަރުގެ މުބާރާތް ކުރިއަށްދަނީ އަށް އޯވަރަށެވެ.

އޭދަފުށީ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި، މިލައިދޫ ރިސޯޓާ ބައްދަލުކޮށް އަމިއްލަ މޯލްޑިވްސް އިން ވަނީ ތިން ވިކެޓަށް 61 ލަނޑު ހަދައި މެޗުން މޮޅުވެފަ އެވެ. މިލައިދޫ އިން ތިން ވިކެޓަށް ހެދުނީ 60 ލަނޑެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، އަމިއްލަ ޓީމުގެ އަބޫ ސައީދު މަމޫން އެވެ.

ސޮނޭވާފުށްޓާއި ދުސިތު ބައްދަލުކުރި މެޗުގެ ތެރެއިން.— ފޮޓޯ: ރައްޔާން ފޮޓޯސް

ދެ ވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، އަމިއްލަ އިން ކުޅެން އަރައި، ހަ ވިކެޓަށް 94 ލަނޑު ހެދި އިރު، ޖަވާބުގައި ދުސިތުން ކުޅެން ނުކުމެ، ދެ ވިކެޓަށް ވަނީ 95 ލަނޑު ހަދައި މެޗުން މޮޅުވެފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ދުސިތުގެ އެލް. ޖީ. އަޝަން މަަދުޝަންކަ އެވެ.

މި މުބާރާތުގައި، ގްރޫޕް އޭގައި ހިމެނެނީ، މިލައިދޫ، އަމިއްލަ، ފިނޮޅު އަދި އަނަންތަރާ އެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ، ދުސިތު، ސޮނޭވާފުށި، ރޯޔަލް އައިލެންޑް އަދި އަވަނި+ފަރެސް އެވެ.

މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި، ފިނޮޅު ކުޅޭނީ އަނަންތަރާއާ އެވެ. ދެ ވަނަ މެޗުގައި، ރޯޔަލް ބައްދަލުކުރާނީ އަވަނިއާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.