
އުރީދޫ މަސްރޭހުގެ ތިނަދޫގެ ޗެމްޕިއަން ޓީމަކަށް ޓީމް ” ބްލެކް އޭންޓް ފިޝިން” ހޮވިއްޖެ އެވެ.
އެ ޓީމަށް ޗެމްޕިއަންކަން ލިބިފައި ވަނީ 1665.81 ޕޮއިންޓާ އެކު އެވެ. ތިނަދޫ ސިޓީ މަސްރޭހުގެ ރަނަރަޕްކަން ހޯދީ 523.25 ޕޮއިންޓު ލިބުނު ޓީމް “އެމްއައިބީ” އަށެވެ. ތިން ވަނަ ހޯދީ 478.85 ޕޮއިންޓު ލިބުނު “ހޯޑެއްދޫ މަސްވެރިންގެ” ޓީމަށެވެ.

މި މުބާރާތުގެ އެންމެ ބަރު މަސް ބޭނީ ” ބްލެކް އޭންޓް ފިޝިން” ޓީމުގެ އަބްދުﷲ ދީދީ އެވެ. އޭނާ ވަނީ 7.15 ކިލޯގެ ހަންޖެއް ބާނައިފަ އެވެ. މި ރޭހުގެ އެންމެ ގިނަ މަސް ބޭނީ ވެސް އަބްދުﷲ އިބްރާހިމް އެވެ. އޭނާ ވަނީ 17 މަސް ބާނައިފަ އެވެ.
މި މުބާރާތުގެ އެންމެ މޮޅު ފިރިހެން ކެޔޮޅަކަށް ހޮވުނީ ޓީމް “ހޯޑެއްދޫ މަސްވެރިން”ގެ ދައުސް ހަސަން އެވެ. އޭނާ ވަނީ 12 މަސް ބާނާފަ އެވެ. މުބާރާތުގެ އެންމެ މޮޅު އަންހެން ކެޔޮޅަކަށް ހޮވުނީ “އެމްއައިބީ” ޓީމުގެ އާތިކާ މުހައްމަދު އަދި އައިޝަތު ނޫފާ އަލީ އެވެ. މިއިން ކޮންމެ މީހަކު ވަނީ 4 މަސް ބާނައިފަ އެވެ.

އުރީދޫ މަސްރޭހުގެ ކ. ހިންމަފުށި އަދި ތިނަދޫ މުބާރާތް ނިމިފައިވާއިރު، ދެން މި މުބާރާތް އޮންނާނީ ޅ. ނައިފަރުގަ އެވެ.
މިއީ އުރީދޫން ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން ބާއްވާ މަސްރޭހެކެވެ.

