ފިނޮޅާއި ރޯޔަލްގެ ފެށުން ރަނގަޅުކޮށްފި

ރޯޔަލް އާއި އަަވަނި ބައްދަލުކުރި މެޗުގެ ތެރެއިން.– ފޮޓޯ: ރައްޔާން ފޮޓޯސް

ބ. އޭދަފުށީގެ ކްލަބް ކޮމްބިނޭޝަން (ސީސީ) އިން އިންތިޒާމްކޮށްގެން އޭދަފުށީގައި މިހާރު ކުރިއަށްދާ އިންޓަ ރިސޯޓް ކްރިކެޓް މުބާރާތުގައި އިއްޔެ ހަވީރު ފިނޮޅު މޯލްޑިވްސް އާއި ރޯޔަލް އައިލެންޑް ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފި އެވެ.

އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ފިނޮޅާ ދެކޮޅަށް ނުކުތީ އަނަންތަރާ އެވެ. އަނަންތަރާ އިން ވަނީ އަށް އޯވަރުގެ ތެރޭ، ހަ ވިކެޓަށް 96 ލަނޑު ހަދައިފަ އެވެ. ފިނޮޅު މޮޅުވީ އަށް އޯވަރުގެ ތެރޭގައި، ހަތަރު ވިކެޓަށް 131 ލަނޑު ހަދައިގެން، 35 ލަނޑުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ފިނޮޅުގެ ޖަޔަސަންތާ އެވެ.

ދެވަނަ މެޗުގައި އަވަނި+ފަރެސް އާ ބައްދަލުކޮށް ރޯޔަލް އިން ކާމިޔާބުކުރީ 27 ލަނޑުންނެވެ. ރޯޔަލް އިން އަށް އޯވަރުގެ ތެރޭގައި، ފަސް ވިކެޓަށް 114 ލަނޑު ވަނީ ހަދައިފަ އެވެ. އަވަނިއަށް އަށް އޯވަރުގެ ތެރޭގައި ހަތަރު ވިކެޓަށް ހެދުނީ، 87 ލަނޑެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކީ، ދެ އޯވަރުން ތިން ވިކެޓް ނެގި، އަވަނީ ޓީމުގެ ތައުފީގު އެވެ.

މުބާރާތުގައި މިއަދި ހަވީރު ރޯޔަލް އާ ދެކޮޅަށް ކުޅޭނީ ދުސިތު އެވެ. ދެވަނަ މެޗުގައި، މިލައިދޫ ކުޅޭނީ ފިނޮޅުއާ އެވެ. މިލައިދޫ ވަނީ ފުރަތަމަ މެޗުގައި އަމިއްލަ މޯލްޑިވްސް އަތުން ބަލިވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.