ރަށްރަށުގައި އިސްރަށްވެހިންގެ ނާދީތައް އެޅުމުގެ ފުރުސަތު ކައުންސިލްތަކަށް

އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ އާއި ގުޅިގެން ރަށްރަށުގައި އިސްރަށްވެހިންގެ ނާދީތައް އެޅުމުގެ ފުރުސަތު ކައުންސިލްތަކަށް އެބައޮތްކަމަށް އެ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާގެ ނައިބު ވަޒީރު މަރިޔަމް ލަހްފާ ޚަލީލް، ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ނާދީތައް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކައުންސިލްތަކުން އިސްނަގައިގެން މިފަދަ ނާދީތައް އެޅުމުގެޝައުޤުވެރިކަން ހުރިނަމަ، އެ ފުރުސަތު އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަކީ ކައުންސިލްތަކާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ މިނިސްޓްރީއެއް. މިފަދަ ނާދީތައް ތައްޔާރުކުރެވި އެތަންތަނުން މިދެންނެވި ފަދަ ޚިދުމަތްތައް ދެވެން ފެށީމަ އިސްރަށްވެހިންގެ ދުޅަހެޔޮކަމަށް ވަރަށް ހެޔޮ ބަދަލެއް އަންނަމުންދާކަން ފާހަގަކުރެވޭ،” މަރިޔަމް ލަހްފާ ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން މާލޭގައި ފުރަތަމަ ނާދީ ހުޅުވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުއެވެ. އަދި އަންނަ މަހު ހުޅުމާލޭގައި ނާދީއެއް ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށާއި، ވަރަށް އަވަހަށް އައްޑޫ ސިޓީގައިވެސް މިފަދަ ނާދީއެއް ހުޅުވޭނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

އިސްރަށްވެހިންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި ލިބޭނެ މަގު ފަހިކޮށް، މުޖުތަމަޢުގައި އިސްރަށްވެހިންގެ ދައުރު ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށްވެސް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.