އުނގޫފާރު ސްކޫލަށް ކައުންސިލުން 10 ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާކޮށްފި

ރ. އުނގޫފާރު ކައުންސިލުން އެ ރަށު ސްކޫލަށް 10 ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާކޮށްފިއެވެ.

މި ހަދިޔާއަކީ ސްކޫލުގެ ކޮމްޕިއުޓަރ ލެބްގެ ޚިދުމަތް ފުޅާކުރުމަށާއި ދަރިވަރުންގެ ކިޔެވުމަށް ލިބުނު ބޮޑު އެހީއެއްކަމަށް ސްކޫލުން ބުނެފައިވެއެވެ.

އުނގޫފާރު ސްކޫލުގެ އައު ޕްރިންސިޕަލް އިބްރާހިމް ނަސީމް ވިދާޅުވި ގޮތުގައި، މިހާރު ސްކޫލުގައި ކޮމްޕިއުޓަރ ސައިންސް ކިޔަވަމުންދަނީ 19 ދަރިވަރުންނެވެ. އެހެންނަމަވެސް ކުރިން ކޮމްޕިއުޓަރ ލެބްގައި މަސައްކަތްކުރެވެނީ އެންމެ ހަތަރު ސިސްޓަމްގައެވެ. މި އާ ހަދިޔާއާއެކު، މިހާރު އެއްފަހަރާ 14 ދަރިވަރުންނަށް މަސައްކަތްކުރެވޭނެއެވެ.

“އެއީ މިހާރުގެ ހާލަތަށް ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް. އަދި ދަރިވަރުންނަށް ލިބުނު ފަސޭހައެއް,” ނަސީމް ވިދާޅުވިއެވެ.

ކައުންސިލުން މި އެހީތެރިކަން ފޯރުކޮށްދިނީ ފާއިތުވި ދިރާސީ އަހަރު ނިމެމުންދަނިކޮށް ބޭއްވުނު ބައްދަލުވުމެއްގައި ސްކޫލުން ހުށަހެޅި ހުށަހެޅުންތަކަށް ބިނާކޮށެވެ. މީގެ އިތުރުން، ކައުންސިލުން ރީޑިންގ ކޯނަރެއް އަދި ވޯކްވޭ މަރާމާތުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ.

އުނގޫފާރު ސްކޫލުގައި މިހާރު ގްރޭޑް 10 އާ ހަމައަށް 500 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.