ތިން އަހަރު ތެރޭގައި ހުރިހާ ރަށެއްގައި ސްމާޓް މީޓަރު ހަރުކުރަނީ

ކުޑަހުވަދޫގެ ގެތަކެއްގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަޝްރޫއު ނިންމައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު މިރޭ އިފުތިތާހު ކޮށްދެއްވާއިރު އަރިހުގައި ފެނަކައިގެ އެމްޑީ މުއާޒު.—ފޮޓޯ: މިހާރު

ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ސްމާޓް މީޓަރު ބޭނުންކުރަން ފަށާނެ ކަމަށް އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ކަރަންޓު ބިލު ބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް ފެނަކައިން ދ. ކުޑަހުވަދޫގައި ފަށާފައިވާ ސްމާޓް މީޓަރު ހަރުކުރުމުގެ ޕްރޮޖެކްޓު ނިމި، އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައެވެ.

މި ޕްރޮޖެކްޓަކީ ޗައިނާގެ ޑޮންގް ފަންގް ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. ކުޑަހުވަދޫއަކީ ރާއްޖޭގައި ހުރިހާ ގޭބިސީތަކެއްގައި ސްމާޓް މީޓަރު ހަރުކޮށް، ކަރަންޓު ދޫކުރަން ފެށި ފުރަތަމަ ރަށެވެ. މި ރަސްމިއްޔާތުގައި ސްމާޓް މީޓަރު ބޭނުންކުރުމަށް ޚާއްސަ މޮބައިލް އެޕްލިކޭޝަނެއްވެސް ތަޢާރަފުކުރެވުނެވެ.

“ސްމާޓް މީޓަރުން އެ ދުވަހެއްގައި ކަރަންޓު ބޭނުންކުރެވުނު މިންވަރު އެނގިގެންދާނެ. އަދި ކުރިއަށް އޮތް ތަނުގައި ގަޑިއިރަކު ބޭނުންކުރަނީ ކިހާ ކަރަންޓެއްކަން ވެސް އެނގިގެންދާނެ.”

ފެނަކައިގެ ޗީފް ޓެކްނިކަލް އޮފިސަރ އަބްދުﷲ ނާޝިތު ވިދާޅުވީ، މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. ފެނަކައިން ޚިދުމަތްދޭ ހުރިހާ ރަށެއްގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފެނަކައިން ބުނާ ގޮތުގައި، ސްމާޓް މީޓަރުތަކުގެ ސަބަބުން ކަރަންޓު ބިލު ވަރަށް ބޮޑަށް ކުޑަވާނެއެވެ. މި މަޝްރޫޢުގެ ސަބަބުން ރައްޔިތުންނަށް ކަރަންޓު ބޭނުންކުރާ މިންވަރު ދުވަހުން ދުވަހަށް ބެލުމުގެ ފުރުޞަތު ލިބި، އިޤްތިޞާދީ ގޮތުން ފައިދާކުރާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.