ބ. އަތޮޅުގައި ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ފަށަނީ

މޯލްޑިވްސް ކެންސަރ ސޮސައިޓީން ބ. އަތޮޅުގެ ހަތަރު ރަށެއްގައި ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމާއި ސްކްރީނިންގ ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މި ޕްރޮގްރާމްގެ ދަށުން، ގައިނޮކޮލޮޖިކަލް ކެންސަރ ތަކާއި، އުރަމަތީގެ ކެންސަރ، އަނގައިގެ ކެންސަރ، އަދި ފުއްޕާމޭގެ ކެންސަރ އަށް ސްކްރީން ކުރެވޭނެއެވެ. އޭގެ އިތުރުން ކެންސަރ އާއި ބެހޭ މައުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ކުރިއަށްދާނެއެވެ.

ސްކްރީން ކުރުމާއި ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމް ކުރިއަށްދާނީ އޭދަފުށްޓާއި ފެހެންދޫގައެވެ. ފުޅަދޫ އަދި ގޮއިދޫގައި ހަމައެކަނި ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ކުރިއަށްދާނެއެވެ.

ކެންސަރަކީ ކުރީކޮޅު ދެނެގަނެވިއްޖެނަމަ ފަރުވާ ކާމިޔާބުވުމުގެ ފުރުސަތު ވަރަށް ބޮޑު ބައްޔެކެވެ. އެހެންކަމުން، މިފަދަ ސްކްރީނިންގ ޕްރޮގްރާމްތަކުގައި ބައިވެރިވުމަކީ ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމެކެވެ.

މި ޕްރޮގްރާމް ކުރިއަށްދާނީ އަންނަ ސެޕްޓެމްބަރ މަހުގެ 4 އިން 7 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް އަދި މެންދުރުފަހު 13:15 އިން 16:00 އަށެވެ.

މި ޕްރޮގްރާމަކީ ކެންސަރާ ދެކޮޅަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށްވާއިރު، މިއީ މިއަތޮޅުގެ ރައްޔިތުންނަށް ކެންސަރ ސްކްރީނިންގއާއި މައުލޫމާތު ހޯދުމުގެ މުހިންމު ފުރުސަތެއް ކަމުގައި ފާހަގަކުރެވެއެވެ.

ޕްރޮގްރާމްގައި ބައިވެރިވުމަށް ނަން ނޯޓުކުރުމަށް ގުޅާނީ 6608309 / 6600294 / 6600248 ނަންބަރުތަކަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.