ބ. ތުޅާދޫގެ 100 ހައުސިންގ ޔުނިޓް ދޫކުރުމުގައި ކުރިން އެކުލަވާލި އުސޫލާ އެއްގޮތަށް އަމަލުކުރުމަށް ކޯޓުން ނެރުނު އަމުރާ ޚިލާފަށް ކައުންސިލުން އަމަލުކުރަން އުޅޭ ކަމަށް ބުނެ، ރައްޔިތުންތަކެއް މިއަދު އިހުތިޖާޖުކޮށްފިއެވެ.
މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރި ފަރާތްތަކުން ވަނީ ކައުންސިލް އިދާރާ ތެރެއަށްވެސް ވަދެފައެވެ.
އިހުތިޖާޖުކުރި ފަރާތަކުން ބުނި ގޮތުގައި ކޯޓުން ކައުންސިލަށް އަމުރުކޮށްފައިވަނީ އުސޫލަށް އެއްވެސް ބަދަލެއް ނުގެނެސް ހައުސިންގ ޔުނިޓްތައް ދޫކުރުމަށެވެ. ނަމަވެސް ކައުންސިލުން އެކަމާ ދެކޮޅު ހަދަމުން އަންނަ ކަމަށާއި، ހައުސިންގ މިނިސްޓްރީގެ ލަފާ ހޯދުމަށްފަހު ގޮތެއް ނިންމާނެ ކަމަށް ކައުންސިލުން ބުނިކަމަށް އޭނާ ބުންޏެވެ .
އިސްތިއުނާފުކުރަން ކައުންސިލުން ނިންމާފައިވާ ކަމަށް ބެލެވެއެވެ.
ކޯޓުން ނިންމި ގޮތަށް އަމަލުކުރަން ކައުންސިލުން ބޭނުމެއް ނުވެ އެވެ. އެހެންވެ އަމުރު އިސްތިއުނާފްކުރަން ކައުންސިލުން ނިންމާފައިވާ ކަމަށް، އިހްތިޖާޖްކުރާ މީހުންގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
“މިކަމާ ރައްޔިތުން ރުޅިގަދަވެގެން މިއުޅެނީ. އެއްވެސް އުސޫލަކަށް ބަލަނީ އެއް ނޫން. އުސޫލުން ކުރީ ވައްކަން، ކޯޓުގެ ނިންމުމަށް ވެސް އަމަލު ނުކުރަން މިއުޅެނީ،” އިހުތިޖާޖުކުރި ފަރާތަކުން ބުންޏެވެ.
ހައުސިންގ ޔުނިޓުތައް ނިމި ގިނަ ދުވަސްވެ، ތަންތަން ހަލާކުވަމުންދާއިރުވެސް އާބާދުވެވޭނެ ދުވަހެއް ނޭނގޭތީ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.
މި 100 ހައުސިންގ ޔުނިޓުގެ މަޝްރޫޢު 79.6 މިލިއަން ރުފިޔާއަށް 2019 ވަނަ އަހަރު ހަވާލުކޮށް، މިދިޔަ އަހަރު ތެރޭގައި ވަނީ ނިންމައި ކައުންސިލާ ހަވާލުކޮށްފައެވެ.
މި މައްސަލައިގައި ކައުންސިލުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ތީ ހަގީގަތާއި ހިލާފު ދޮގުހަބަރެއްކަމަށް ކައުންސިލުން ބުނޭއެބަ. ކަމުގެ ހަގީގަތް ނުބަލައި ފާޑުފާޑުގެ ދޮގު މައުލޫމާތުތައް. މިހަބަރު ލިޔުނު މީހާ ކައުންސިލްގެ ބަހެއް ހޯދަން ގުޅީ ކާކަށް؟