
ރ. އަދި ބ. އަތޮޅާއި މާލެއާ ދެމެދު ފެރީގެ ޚިދުމަތް ދެމުން އަންނަ ނަޔާ ފެރީ ސާވިސްއިން ހައްޖާއި އުމްރާއަށް ދާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެގޮތް ހަމަޖައްސައިދީފި އެވެ.
މި ދެ އަތޮޅުގައި ނަޔާ ފެރީ ސާވިސްގެ ލޯންޗުގެ ޚިދުމަތް ލިބޭ ކޮންމެ ރަށަކުން ވެސް ހައްޖު އަދި އުމްރާގެ އަޅުކަން އަދާކުރުމަށް ރަށުން މާލެ ދާ ފަރާތްތަކުގެ ޓިކެޓް ހިލޭ ދޭ ކަމަށް ކުންފުނިން ބުނެފައިވެއެވެ.
މީގެ އިތުރުން، ތެލެސީމިއާ ކުދިންނަށާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް އެ ކުންފުނީގެ ލޯންޗުތަކުގައި ހިލޭ ދަތުރުކުރެވޭނެ އެވެ.
ނަޔާ ފެރީ ސާވިސްއަކީ ކުރިންވެސް ދަތުރުފަތުރުގެ ދާއިރާގައި ތަޖުރިބާ ލިބިފައިވާ ކުންފުންޏަކަށްވުމާއެކު، މި އާ އިސްނެގުމާއެކު އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބޭނެ ކަމަށް ބެލެވެއެވެ.
ނަޔާ ފެރީން ޓިކެޓް ހޯދުމަށް ގުޅާނީ 9888117، 9828295، 995559 އަދި 7959925 ނަންބަރު ފޯނަށެވެ.