ބ. އޭދަފުށީ ކައުންސިލުން ބާއްވާ ފައިގަތަޅާ މުބާރާތެއް އަންނަ ބުރާސްފަތި ދުވަހު ފަށަން ތައްޔާރު ވެއްޖެ އެވެ.
“އޭދަފުށީ ކައުންސިލުގެ ފައިގަތަޅާ މުބާރާތް 2024″ގެ ނަމުގައި އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ، މި މުބާރަތުގައި ހަތް ޓީމު ވާދަކުރެ އެވެ. އެއީ ޓީމު ފެހި، ޓީމު ބީއޭއީސީ، ވިދާތަރި، ބްލޫ ޑައިމަންޑް، ޑޮޖް ކުއީންސް، ޓީމު ހަށިހެޔޮ އަދި ޓީމް ލަކީ ގާލްސް އެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ހުށަޅާފައި ވަނީ 8،000ރ. އެވެ. ރަނާރަޕް ޓީމަށް ހުށަހަޅާފައި ވަނީ 4،000ރ އެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ހަތް ބައިވެރިއެއް ހޮވުމަށް ވެސް ވަނީ ނިންމައިފަ އެވެ.
އޭދަފުށީ ކައުންސިލުން ފައިގަތަޅާ މުބާރާތެއް ބާއްވަން ތައްޔާރުވަމުން އަންނަ އިރު، މިމަހު ފަހުކޮޅު ބެޑްމިންޓަން މުބާރާތެއް ވެސް ބާއްވަން އަންނަނީ ތައްޔާރު ވަމުންނެވެ.