
އުރީދޫގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޅ. ނައިފަރުގައި ބާއްވާ މަސް ރޭސް އަންނަ ހުކުރު ދުވަހު ބާއްވާން ނިންމައިފި އެވެ.
މިއީ، މި މިދިޔަ މަހު 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ރޭހެވެ. އެ ރޭސް ކެންސަލް ކޮށްފައި ވަނީ އޭރު މޫސުން ގޯސްވުމާ ގުޅިގެންނެވެ.
މިފަހަރު ތިން ރަށެއްގައި މަސް ރޭސް ކުރިއަށްގެންދަން ނިންމިއިރު، ކ. ހިންމަފުއްޓާއި ގދ. ތިނަދޫގަ މި މުބާރާތް މިދިޔަ މަހު ވަނީ ބާއްވައިފަ އެވެ. ކޮންމެ ރަށަކުން ވެސް ވަކިވަކިން ވަނަތައް ވަނީ ހޮވައިފަ އެވެ.
މި މުބާރާތަށް ޖުމްލަ 126،000ރ. ވަނީ ހުށަހަޅައިފަ އެވެ. އެއް ވަނަ ޓީމަށް ހުށަހަޅާފައި ވަނީ 25،000ރ. އެވެ. ދެ ވަނަ އަށް 10،000ރ. ހުށަހަޅާފައި ވާއިރު، ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 5000ރ. އެވެ. އަދި އެންމެ މޮޅު މަސްވެރިޔާއަށް 1000ރ. ހުށަހަޅާފައިވާއިރު އެންމެ މޮޅު ފިޝާވުމަން އަށް ވެސް 1000ރ. ވަނީ ހުށަހަޅައިފަ އެވެ.
މިދިޔަ އަހަރު އުރީދޫގެ މަސް ރޭސް އޮތީ މާލެ އާއި އައްޑު އާއި ފުވައްމަލަކުގެ އިތުރުން ހދ. ކުޅުދުއްފުށީގަ އެވެ.