
ބ. އަތޮޅުގައި ހިންގަމުން އަންނަ ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި ސުޕަ ވިޝަން އޮޕްޓިކަލްސް ގުޅިގެން އޭދަފުށީގައި ލޮލުގެ ކޭމްޕެއް ބާއްވަން ނިންމައިފި އެވެ.
“ލޮލުގެ ކޭމްޕް 2024” ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޭމްޕް އޮންނާނީ ސެޕްޓެމްބަރު 8 އަދި 9 ވަނަ ދުވަހު ހެނދުނު 9:00 އިން ހަވީރު 5:00 އަށް އޭދަފުށީ ކިނބިގޭގަ އެވެ.
މި ކޭމްޕްގައި ލޮލުގެ ޕްރެޝަރު ބެލުމާއި ޑައިބެޓިކް އަދި ސްކްރީނިންގެ އިތުރުން ލޮލުގައިވާ ތަފާތު މައްސަލަތައް ބެލުމާއި ލޮލުގެ ނަންބަރު ނަގައިދީ އައިނު ހައްދައިދިނުން ހިމެނެ އެވެ.
މި ކޭމްޕްގައި ސްކޫލް ކުދިންނަށް ހައްދާ އައިނުން 10 ޕަސެންޓް ޑިސްކައުންޓް ދެ އެވެ.
ކޭމްޕްގައި ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކުން ފުރިހަމަ ނަމާއި އައިޑީކާޑް ނަންބަރު އަދި އެޑްރެހާ ރަށާއެކު ގުޅޭނެ ނަންބަރާއެކު 7999602 އަށް މެސެޖް ކުރުމުން ނަންނޯޓް ކުރެވޭނެ އެވެ.

