ގަތަރުގެ ސަފީރު އުރީދޫ މޯލްޑިވްސްއަށް ޒިޔާރަތްކުރައްވައިފި

ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ގަތަރުގެ ސަފީރު ހިޒް އެކްސެލެންސީ ޖާސިމް ބިން ޖާބިރު ޖޭބީ އަލް-ސުރޫރު، އިއްޔެ އުރީދޫ މޯލްޑިވްސްއަށް ރަސްމީ ޒިޔާރަތެއް ކުރެއްވިއެވެ.

މި ޒިޔާރަތުގައި ސަފީރު ފާހަގަކުރެއްވި ގޮތުގައި އުރީދޫ މޯލްޑިވްސްއަކީ “ގަތަރުން ރާއްޖޭގައި ކުރާ އެންމެ ބޮޑު ފޮރިން އިންވެސްޓްމަންޓް” އެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ޚަމާދީ އާއި އެހެނިހެން އިސް ވެރިން ސަފީރަށް މަރުޙަބާ ދެންނެވިއެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ޑިޖިޓަލް ދާއިރާ ކުރިއެރުވުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތްތަކާއި، އިނޮވޭޝަން އަދި މުޖުތަމަޢުއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޙަރަކާތްތަކުގެ މައްޗަށް މަޝްވަރާކުރެވުނު ކަމަށް އުރީދޫން ބުންޏެވެ.

ސަފީރުގެ ޒިޔާރަތުގައި އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރސްއަށް ޒިޔާރަތްކުރައްވައި، ޚާއްޞަ މަޝްރޫޢުތަކުގައި މަސައްކަތްކުރާ މުހިންމު ޓީމުތަކާ ބައްދަލުކުރެއްވިއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް އެކްސެސިބިލިޓީ އިތުރުކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހޯއްދެވިއެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ޚަމާދީ ވިދާޅުވީ އުރީދޫ މޯލްޑިވްސްއަށް ހިޒް އެކްސެލެންސީ ޖާސިމް ބިން ޖަބީރް ޖޭބީ އަލް-ސުރޫރު ޒިޔާރަތްކުރައްވާ އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަކީ އލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

:އެ މަނިކުފާނުގެ މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމާއި، ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ހިންގުމުގައި އުރީދޫއިން އަދާކުރާ މުހިންމު ދައުރަށް ޔަޤީންކަން ލިބިގެންދެއެވެ.”

މި ދަތުރުފުޅު ނިންމަވާލެއްވީ އުރީދޫ މޯލްޑިވްސް އާއި ގަތަރާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދެޤައުމުގެ ކުރިއެރުމާއި، ދެޤައުމުގެ މެދުގައި ކާމިޔާބަށް މަސައްކަތް ކުރުމަށް ދެ ފަރާތުގެ ވައުދާއެކުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.