ހުސައިން އަފީފުގެ ޕަބްލިކް ލެކްޗާއެއް މާދަމާ އޭދަފުށީގައި

ރާއްޖޭގައި މިވަގުތު ހުރި އެންމެ އެންމެ ފުންނާބު އުސް އެއް މޯޓިވޭޝަނަލް ސްޕީކަރ ހުސައިން އަފީފުގެ ޕަބްލިކް ލެކްޗާއެއް މާދަމާ އޭދަފުށީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި އިވެންޓް އިންތިޒާމުކުރާ ފޭލި ޖަމްޢިއްޔާއިން ބުނި ގޮތުގައި އެ ޖަމިއްޔާއާއި ކްލަބް ދަ ބިގިނާސް އަދި ވެލާ ސްޕޯޓްސް ގުޅިގެން ބާއްވާ މި ލެކްޗާ އޮންނާނީ މާދަމާ ހެނދުނު 9:30 ގައި ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައެވެ.

އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ލެކްޗާ ގައި އަފީފު މައިގަނޑު ގޮތެއްގައި ވާހަކަ ދައްކަވާނީ މުސްތަޤުބަލުގެ މަސައްކަތަށް ބޭނުންވާ ލީޑަޝިޕް ހުނަރުތަކާ ބެހޭ ގޮތުންނެވެ.

މި ލެކްޗާ އަކީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ އިވެންޓެއް ކަމަށްވާތީ، ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މޮރިޝަސްގެ ލަގްޒަރީ ހޮޓެލް ޗެއިނެއް ކަމަށްވާ ލަކްސް ރިސޯޓްސް އެންޑް ހޮޓެލްސްގެ ރީޖަނަލް ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި، އަފީފަކީ މިހާތަނަށް މިފަދަ އެތައް ލެކްޗަރެއް ރާއްޖޭގެ އެކި ހިސާބުތަކާއި ރާއްޖޭން ބޭރުގައި ވެސް ދެއްވާފައިވާ ކަމުގެ އިލްމާއި ހުނަރު ވަރަށް ބޮޑަށް ލިބިވަޑައިގެންފައިވާ ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާއަކީ ސެޓިފައިޑް ސްޕީކަރެއް، ލައިފް ކޯޗެއް އަދި މެންޓޯއެކެވެ.

މީހުން މޯޓިވޭޓްކުރުމަކީ އޭނާގެ ޝައުޤުވެރިކަމާއި މީހުންނަށް މަގުދައްކައިދިނުމަކީ އޭނާގެ ހިތްހަމަޖެހުމާ ގުޅިފައިވާ ކަމެކެވެ. އަދި މަސައްކަތުގެ ފެންވަރު ރަނގަޅުކުރުވުމަކީ އޭނާގެ ވަޒީފާއާ ގުޅިފައިވާ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.