އުރީދޫ ނޭޝަން މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒްގެ ދެވަނަ ސީޒަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މުބާރާތުގައި ޕަބްޖީ މޮބައިލް އަދި އީއޭއެފްސީ މުބާރާތްތައް ކުރިއަށްގެންދިޔައެވެ.
ޕަބްޖީ މޮބައިލް މުބާރާތުގައި އަކަޒާޔާ އީސްޕޯޓްސް ޗެމްޕިއަންކަން ހޯދައި 7،000 ރުފިޔާ ކާމިޔާބުކުރިއެވެ. ރަނަރަޕް ވެގެން 4،000 ރުފިޔާ ކާމިޔާބުކުރީ އީޓޫއެސް ޓީއެމް7 އެވެ. ތިންވަނަ އަށް އައި ޓީމު އޯޕީޒެޑް ސްޕޯޓްސްއަށް 2،000 ރުފިޔާ ލިބުނެވެ. މި މުބާރާތުގެ އެމްވީޕީއަކަށް ހޮވުނު ޓީމު އޭކޭއޭގެ މާހާއަށް 500 ރުފިޔާ ލިބުނެވެ.
އީއޭއެފްސީ ޗެލެންޖުގެ ޗެމްޕިއަންކަން ހޯދައި 8،000 ރުފިޔާ ކާމިޔާބުކުރީ މުހައްމަދު ޒިޔާން އިސްމާއިލެވެ. ރަނަރަޕް ވެގެން 4،500 ރުފިޔާ ކާމިޔާބުކުރީ ހުސައިން ޔައީޝް ޝިހާމެވެ. ތިންވަނަ އަށް އައި މުހައްމަދު ރާކިން 2،500 ރުފިޔާ ކާމިޔާބުކުރިއެވެ.
މިއީ ރާއްޖޭގެ ގޭމަރުންގެ ހުނަރު ފެނިގެންދިޔަ، ފޯރިގަދަ މުބާރާތެއް ކަމަށް އުރީދޫއިން ބުނެފައިވެއެވެ. އުރީދޫ ގޭމާސް ނޭޝަންގެ މަޤްޞަދަކީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރެވޭނެ ފަދަ ގޭމަރުންތަކެއް އުފެއްދުމެވެ.
މި ސީޒަން ނިމުނު ނަމަވެސް، ކުރިއަށް އޮތްތާނގައި އިތުރު މުބާރާތްތަކެއް ބޭއްވުމަށް ރާވާފައިވާ ކަމަށް އުރީދޫއިން މަޢުލޫމާތު ދީފައިވެއެވެ.