ރިވައިވަލް ސްޕޯޓްސް އޭދަފުށި އެކަޑަމީގެ އާ ޖޯޒީ ޑިޒައިންތައް ތައާރަފުކޮށްފި

ރިވައިވަލް އޭދަފުށީ ބެޑްމިންޓަން އެކަޑަމީގެ އާ ޖޯޒީތައް ދައްކާލަނީ– ފޮޓޯ/އީޓީ

ރިވައިވަލް ސްޕޯޓްސް އޭދަފުށި ބެޑްމިންޓަން އެކަޑަމީން އެ ތަނުގެ އާ ޖޯޒީތަކުގެ ޑިޒައިންތައް ތައާރުފުކޮށްފި އެވެ.

މި އާ ޖޯޒީ ކިޓްތައް ޑިޒައިންކޮށްފައިވަނީ ލަމްޕޯ ސްޕޯޓްސްވެއަރ އިންނެވެ.

އެކަޑަމީގެ ފަރާތުން ބުނީ މި އާ ޖޯޒީތަކަކީ އެކަޑަމީގެ އާ މަރުޙަލާގެ ފެށުމުގެ ބައެއް ކަމަށެވެ. އަދި މިކަމާ ގުޅިގެން އެކި ފަންތީގެ ސްޕޮންސަރުންގެ އެހީތެރިކަން ލިބިފައިވާ ކަމަށްވެސް އެކަޑަމީން ބުންޏެވެ.

އެގޮތުން ގޯލްޑް ސްޕޮންސަރެއްގެ ގޮތުގައި ޔޫސުފް ސްޕީޑް ހިމެނޭއިރު، ސިލްވަރ ސްޕޮންސަރުންގެ ގޮތުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ކިވި ލައިން އަދި ސީވިއު ބިސްޓްރޯ ހިމެނެއެވެ. ބްރޯންޒް ސްޕޮންސަރުންގެ ގޮތުގައި ހޭންގްއައުޓް ކެފޭ އާއި ޖީ9 ޓްރޭޑާސް ބައިވެރިވެފައިވެއެވެ.

އެކަޑަމީގެ ފަރާތުން އާ ކިޓް ޑިޒައިންތައް ސޯސަލް މީޑިއާގައި އާއްމުކުރުމާއެކު ބޭނުންކޮށްފައިވާ ހޭޝްޓެގްތަކުން ދޭހަވަނީ އެކަޑަމީގެ މަޤްޞަދުތަކުގެ ތެރޭގައި އިސްލާހުކުރުމާއި، އާރާސްތުކުރުމާއި، ކުރިއެރުވުން ހިމެނޭ ކަމަށެވެ.

ރިވައިވަލް ސްޕޯޓްސް އޭދަފުށި ގެ ނަމުގައި ރިވައިވަލްގެ ބެޑްމިންޓަން އެކަޑަމީއެއް އޭދަފުށީގައި ގާއިމުރީ މިއަހަރުގެ ޖެނުއަރީ 1 ގަ އެވެ.  

ޒުވާން ހުނަރުވެރި އެތުލީޓުންނަށް އެމީހުންގެ އެންމެ ފުރިހަމަ ގާބިލްކަން ހޯދުމަށް އެހީތެރިވުމަށް ބޭނުންވާ ތަމްރީނާއި ތަރައްގީ އަދި މުބާރާތުގެ ފުރުސަތުތައް ހޯދައިދިނުމަށް ގާއިމުކުރި މި އެކަޑަމީގައި މިހާރު 150 އަށްވުރެ ގިނަ ކުދިން ބައިވެރިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.