ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ބެލެނިވެރިންގެ އަތުން ފައިސާ ނުނެގުމަށް އަންގައިފި

ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ބެލެނިވެރިންނާއި ދަރިވަރުންގެ އަތުން ފައިސާ ނުނެގުމަށް އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ސްކޫލުތަކަށް އަންގައިފިއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު 5 ގައި ފާހަގަކުރާ ޓީޗަރުންގެ ދުވަސް ސްކޫލުތަކުގައި ކުލަގަދަކޮށް ފާހަގަކުރެއެވެ. ނަމަވެސް މިފަދަ ދުވަސްތައް ފާހަގަކުރުމަށް ބެލެނިވެރިންގެ އަތުން ފައިސާ ނަގާކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކޮށްފައިވެއެވެ.

މިނިސްޓްރީން މިއަދު ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި، މިއަހަރު ޓީޗަރުންގެ ދުވަސް ފާހަގަކުރާނެ ގޮތުގެ އިރުޝާދުތަކެއް ދީފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ:

  • އަގުބޮޑު ހަފްލާތަކަށްވުރެ އިލްމީ އުފެއްދުންތެރި ހަރަކާތްތަކަށް އިސްކަންދިނުން
  • އޮކްޓޫބަރު 6 އާއި 10 އާ ދެމެދު ވަކި ދުވަހެއް ކަނޑައެޅުން
  • ހުރިހާ ހަރަކާތްތަކެއް އެއް ދުވަހެއްގެ ތެރޭގައި ބޭއްވުން
  • ކޮންމެ ދަންފަޅިއެއްގައިވެސް 45 މިނެޓަށްވުރެ ދިގުނުވާގޮތަށް އެސެމްބްލީއެއް ބޭއްވުން
  • ދަރިވަރުންނާއި ބެލެނިވެރިންގެ އަތުން ފައިސާ ނުނެގުން
  • ވަކިވަކި ޓީޗަރުންނަށް ހަދިޔާ ނުދިނުން

މިނިސްޓްރީން ބުނީ މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ޓީޗަރުންގެ އަގުހުރި މަސައްކަތް ވަޒަންކުރުމާއި، ޤައުމު ބިނާކުރުމުގައި ޓީޗަރުންގެ ދައުރު ދަރިވަރުންނާއި މުޖުތަމަޢުއަށް އަންގައިދިނުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.