އޭދަފުށި ކަޕް ފުރަތަމަ މެޗުގައި ހުސް ސޮންގުންނާއި ކައްކަނީ އެފްސީ

އޭދަފުށި ކަޕްގެ ގުރުނެގުމުގެ ރަސްމިއޔާތުގެ ތެރެެއިން– ފޮޓޮ/ އޭދަފުށި ކައުންސިލް

އަންނަ ބުދަ ދުވަހު ފަށާ އޭދަފުށި ކަޕް 2024 ގެ ފުރަތަމަ މެޗުގައި ޗެމްޕިއަން ހުސް ސޮންގުންނާއި ކައްކަނީ އެފްސީ ވާދަކުރަން ޖެހިއްޖެ އެވެ.

މިއަހަރުގެ އޭދަފުށި ކަޕް ކުރިއަށް ދާނީ މި މަހުގެ 25 އިން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ.

މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު އޮތީ ރޭ އޭދަފުށީ މަލްޓި ޕާޕަސް ހޯލްގަ އެވެ. މުބާރާތުގައި ވާދަކުރަނީ ފަސް ޓީމެވެ.

ހުސް ސޮންގުންނާއި ކައްކަނީ އެފްސީގެ އިތުރުން މުބާރާތުގައި ވާދަކުރަނީ ވެލާ ސްޕޯޓްސް ކްލަބް، ވީ ވެލާ އަދި އިރުމަތި ފުޓްބޯޅަ ކްލަބެވެ.

މުބާރާތުގެ މެޗުތައް ކުރިއަށް ދަނީ ލީގު ބުރެއް ގޮތަށެވެ. ލީގު ބުރުގެ އެއްވަނަ ޓީމަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ފައިނަލުގެ ދެ ވަނަ ޖާގަ އަށް ވާދަކުރާނީ ލީގު ބުރުގެ ދެވަނަ އަދި ތިން ވަނަ ޓީމެވެ. އެ ދެޓީމުގެ މެދުގައި ސެމީ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު ދެވަނަ ދުވަހު އެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އޮކްޓޫބަރު ހަތަރު ވަނަ ދުވަހު އެވެ.

މިއަހަރުގެ މުބާރާތުގެ މެޗުތައް ދުވާލާއި ރޭގަނޑު ވެސް ކުޅޭނެ އެވެ. އޭގެތެރެއިން ރޭގަނޑު ހަތަރު މެޗު ކުޅޭނެ އެވެ.

މުބާރާތް ކުރިއަށްދާނީ އޭދަފުށީގައި ތަރައްގީ ކޮށްފައިވާ ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑުގަ އެވެ.

ހުސް ސޮންގުންނާއި ކައްކަނީ އެފްސީ ވާދަކުރާ މެޗު ފަށާނީ ބުދަ ދުވަހުގެ ހަވީރު ހަތަރެއް ޖަހާއިރު އެވެ.

މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އޭދަފުށި ޓައިމްސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.