އޭދަފުށި ކަޕެއް ނޫން، ރަޝްނާން މިފަހަރު 20 އަހަރުން ދަށުގެ ގައުމީ ޓީމަށް!

ފޮޓޯ/އަދަދު ސްޕޯޓްސް

މި އަތޮޅު ކެންދޫގ މުހައްމަދު ރަޝްނާން، 20 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާ އެކު އޭއެފްސީ ކޮލިފައިން ކުޅެން އިންޑޮނޭޝިއާ އަށް ހިނގައްޖެ އެވެ.

ބަހިއްޔާ ސްކޫލްގެ ޔޫކޭޖީ އިން ފެށިގެން ބ. އަތޮޅު ތަޢުލީމީ މަރުކަޒުން ގްރޭޑް 10 ނިންމި ރަޝްނާނަކީ، މިދިޔަ އަހަރު އޭދަފުށި ކަޕްގައި ވީ ވެލާގެ ކެޕްޓަންކަން ކުރި 17 އަހަރުގެ ޑިފެންޑަރެވެ. އަދި މިދިޔަ އަހަރު ކެންދޫ ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދި ގްލޯރިއަސް ވިކްޓަރީއަށް ވެސް އޭނާ ކުޅުނެވެ.

މި އަހަރުގެ އޭދަފުށި ކަޕް އަންނަ ބުދަ ދުވަހު ފެށުމަށް ތައްޔާރުވެފައިވާއިރު، މި އަހަރު ވެސް ވީ ވެލާއިން އޭނާއަށް ފުރުޞަތު ލިބުނެވެ.

ނަމަވެސް ބުދަ ދުވަހު އިންޑޮނޭޝިއާގައި ފަށާ، އަންނަ އަހަރުގެ އޭއެފްސީ 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޓީމާއެކު، މިހާރު 18 އަހަރުގެ ޑިފެންޑަރު ހުރީ އިންޑޮނޭޝިއާގެ ޖަކާޓާގަ އެވެ

ކޮލިފައިންގެ ގުރޫޕް އެފްގައި ރާއްޖެ އާއި އިންޑޮނޭޝިއާގެ އިތުރުން ދެން ހިމެނެނީ ޔަމަނާއި އީސްޓް ޓިމޯ އެވެ. ބުދަ ދުވަހު ރާއްޖޭގެ ފުރަތަމަ މެޗުގައި އިންޑޮނޭޝިއާއާ ދެކޮޅަށް ކުޅުމަށް ފަހު، ހުކުރު ދުވަހު ނުކުންނާނީ ޔަމަނާ ދެކޮޅަށެވެ. އަދި އީސްޓް ޓިމޯ އާ ދެކޮޅަށް ފަހު މެޗު ކުޅޭނީ އަންނަ ހަފްތާގެ އާދިއްތަ ދުވަހު އެވެ.

ރަޝްނާންގެ މި ކާމިޔާބީއަކީ އޭނާއަށާއި ބ. އަތޮޅަށް އަދި ޚާއްސަކޮށް އޭނާގެ އުފަންރަށް ކެންދުއަށް ލިބުނު ފަޚުރެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.