
މާދަމާ ހަވީރު އޭދަފުށީގައި ފެށުމަށް ހަމަޖެހިފައިވާ “އޭދަފުށި ކަޕް 2024” ގެ މެޗުތަކަށް ޓިކެޓް ވިއްކަން ފަށައިފިއެވެ.
އޭދަފުށި ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ މެޗުތަކުގެ ޓިކެޓް އަގުތައް ކަނޑައަޅާފައިވަނީ މެޗުތަކުގެ މަރުހަލާތަކަށް ބަލައިގެންނެވެ.
ޓިކެޓް އަގުތައް:
- ގްރޫޕް ސްޓޭޖް މެޗުތައް: 20 ރުފިޔާ
- ސެމީ ފައިނަލް މެޗުތައް: 25 ރުފިޔާ
- ފައިނަލް މެޗު: 30 ރުފިޔާ
ޓިކެޓް ވިއްކާ ތަންތަނާއި ގަޑިތައް:
- އޭދަފުށި ކައުންސިލް އޮފީސް: ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް
- އޭދަފުށި ޓަރފް ސްޓޭޑިއަމް: (މެންދުރުފަހު: 15:30 އިން 18:00 އަށްއަދި ރޭގަނޑު: 20:30 އިން 23:00 އަށް)
މުބާރާތުގެ ހުރިހާ މެޗުތަކަށް ވެސް އަންނީ ޓިކެޓް ވިއްކަމުންނެވެ. އިތުރު މައުލޫމާތު ހޯދުމަށް ގުޅަންޖެހޭ ނަންބަރުތަކަކީ 9999038 އަދި 7740374 އެވެ.
މި މުބާރާތް މާދަމާ ހަވީރު ފަށާނީ ޗެމްޕިއަން ހުސް ސޮންގުންނާއި ކައްކަނީ އެފްސީ ވާދަކުރާ މެޗުންނެވެ. ހުސް ސޮންގުންނާއި ކައްކަނީ އެފްސީގެ އިތުރުން މުބާރާތުގައި ވާދަކުރަނީ ވެލާ ސްޕޯޓްސް ކްލަބް، ވީ ވެލާ އަދި އިރުމަތި ފުޓްބޯޅަ ކްލަބެވެ.
މުބާރާތުގެ މެޗުތައް ކުރިއަށް ދަނީ ލީގު ބުރެއް ގޮތަށެވެ. އެގޮތުން ލީގު ބުރުގެ އެއްވަނަ ޓީމަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ފައިނަލުގެ ދެ ވަނަ ޖާގަ އަށް ވާދަކުރާނީ ލީގު ބުރުގެ ދެވަނަ އަދި ތިން ވަނަ ޓީމެވެ. އެ ދެޓީމުގެ މެދުގައި ސެމީ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު ދެވަނަ ދުވަހު އެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އޮކްޓޫބަރު ހަތަރު ވަނަ ދުވަހު އެވެ.
މިއަހަރުގެ މުބާރާތުގެ މެޗުތައް ދުވާލާއި ރޭގަނޑު ވެސް ކުޅޭނެ އެވެ. އޭގެތެރެއިން ރޭގަނޑު ހަތަރު މެޗު ކުޅޭނެ އެވެ.
މިއަހަރު މި މުބާރާތުގެ މެއިން ސްޕޮންސާ އަކީ މައިލޯ އެވެ. އޭގެ އިތުރުން އަޒްޑިއަން އާއި އެލް މޯބައިލް އަދި އެމްސެވަން ވެސް ސްޕޮންސަރުންގެ ގޮތުގައި އެހީތެރިވެދެ އެވެ.
މީގެ އިތުރުން މުބާރާތުގެ ކިޓް ޕާޓަނަރުގެ ގޮތުގައި ކެޕްޓަން މޯލްޑިވްސް، ޕްރިންޓިން ޕާޓްނަރުގެ ގޮތުގައި އިންކެޑް މޯލްޑިވްސް، ބެވަރޭޖް ޕާޓްނަރުގެ ގޮތުގައި ލައިފް އަދި ޓްރާންސްޕޯޓް ޕާޓްނަރުގެ ގޮތުގައި ފެހި ސްޕީޑް ހިމެނެ އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދީ މޯލްޑިވްސް އެވެ.
މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އޭދަފުށި ޓައިމްސް (އީޓީ) އެވެ.
Koache hey kakkanee