ޔޫސުފް ސްޕީޑްގެ ދަތުރުތަކަށް ‘ރަސްގެފާނު’

ޔޫސުފް ސްޕީޑުން އަލަށް ހިދުމަތަށް ނެރުމަށްތައްޔާރުވަމުން އަންނަ އާ ލޯންޗު

އޭދަފުއްޓާއި މާލެއާ ދެމެދު ފެރީ ލޯންޗުގެ ޚިދުމަތް ފޯރުކޮށްދޭ ޔޫސުފް ސްޕީޑުން އެ ކުންފުނީގެ އުޅަނދުތަކަށް އިތުރު ލޯންޗެއް ތަޢާރަފުކުރުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެފި އެވެ.

‘ރަސްގެފާނު’ ނަން ދީފައިވާ މި އާ ލޯންޗަކީ ދަތުރު ކުރުމުގައި އޭދަފުށީގެ ރައްޔިތުންނަށް އިތުރަށް ލުއި ފަސޭހަތަކެއް ކޮށްދިނުމުގެ ގޮތުން ގެނެވޭ އުޅަނދެއްކަމަށް އެ ކުންފުނިން ބުންޏެވެ.  

ޔޫސުފް ސްޕީޑްގެ ފޭސްބުކް ޕޭޖުގައި ޝެއާކޮށްފައިވާ ފޮޓޯތަކުން ދައްކާގޮތުގައި، މި އާ ލޯންޗަކީ 325 ހޯސްޕަވަރުގެ ފަސް އިންޖީނު ހަރުކޮށްފައިވާ 60 ޖާގައިގެ އުޅަނދެކެވެ.

ޔޫސުފް ސްޕީޑުގެ ޕޯސްޓަށް ލިބުނު ޝެއާތަކާއި ކޮމެންޓްތަކުން ދޭހަވަނީ، ގިނަ ބަޔަކު މި އާ ލޯންޗުން ދަތުރުކުރުމަށް ޝައުގުވެރިކަން ފާޅުކުރާ ކަމެވެ.

“ރަސްގެފާނު” ލޯންޗުގެ ދަތުރުތައް އަންނަ މަހު ރަސްމީކޮށް ފެށުމަށް އެ ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ.

 މި އާ އުޅަނދު ޚިދުމަތަށް ނެރުމުން އޭދަފުށި އާއި މާލެއާ ދެމެދު ކުރެވޭ ދަތުރުތަކުގެ ސްޕީޑް އިތުރަށް އަވަސްވެ، އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ޔޫސުފް ސްޕީޑުން އާއްމު ގޮތެއްގައި ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހެއްގައި އޭދަފުށި އާއި މާލެއާ ދެމެދު ފެރީ ދަތުރުތައް ބާއްވަމުން ގެންދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.