އޭދަފުށި ކަޕްގައި މިރޭ ވީ ވެލާއާ ވާދަކޮށް އިރުމަތި އެފްސީ 0-4 އިން މޮޅުވެއްޖެ އެވެ.
މޮޅާ އެކު އިރުމަތި އެފްސީ ވަނީ ހަތް ޕޮއިންޓް ހޯދައި ލީގު ބުރުގެ އެއް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އެޓީމަށް ބާކީ އޮތީ ކައްކަނީ އެފްސީއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުން މޮޅުވެއްޖެ ނަމަ ލީގު ބުރުގެ އެއް ވަނަ މަގާމާ އެކު ފައިނަލުގެ ފުރަތަމަ ޖާގަ އެޓީމަށް ކަށަވަރުވާނެ އެވެ.
ލީގު ބުރުގެ އެއް ވަނަ ޓީމު ފައިނަލަށް ދާއިރު ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭނީ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.
ވީ ވެލާ ވަނީ ކުޅުނު ހަތަރު މެޗުން ބަލިވެ މުބާރާތުން ކަޓައިފަ އެވެ. ވީ ވެލާ އަކީ ޒުވާން ކުޅުންތެރިންތަކަކާ އެކު މުބާރާތަށް ނުކުތް ޓީމެކެވެ.
އިރުމަތި އެފްސީ އިން މެޗުގެ ހަތަރު ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ އިމްތިސާލް އަބްދުއްރަހީމް (ޕަބް) އެވެ. ދެވަނަ ގޯލު ތައުމީން ނޫހު ޖެހިއިރު ތިން ވަނަ ގޯލަކީ ވީ ވެލާގެ ރުޝްދާން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ފަހު ގޯލު އިތުރު ވަގުތުގެ ފަހު މިނެޓުގައި ޖެހީ އަހުމަދު އައިހަމް އެވެ.
މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުސް ސޮންގުނާއި ވެލާ ސްޕޯޓްސް އެވެ. ލީގު ބުރުގެ ފަހު މެޗުގައި ކައްކަނީ އާއި އިރުމަތި އެފްސީ ވާދަކުރާނީ ހޯމަ ދުވަހު އެވެ.
މިއަހަރުގެ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ އެވެ. ޓްރާންސްޕޯޓް ޕާޓްނަރަކަށް ފެހި ސްޕީޑް ހަމަޖައްސާފައި ވާއިރު ކިޓް ޕާޓްނަރަކީ ކެޕްޓަން މޯލްޑިވްސް އެވެ.
ޕްރިންޓިން ޕާޓްނަރަކީ އިންކެޑް މޯލްޑިވްސް އެވެ. ބެވަރޭޖް ޕާޓްނަރަކީ ލައިފް ވޯޓާ އެވެ. އިތުރު ސްޕޮންސަރުންގެ ތެރޭގައި މައިލޯ މޯލްޑިވްސް އާއި އަޒްޑިއޮން، އެލް މޯބައިލް އަދި އެމް 7 ހިމެނެ އެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އޭދަފުށި ޓައިމްސް އެވެ.