ސައްޓުގެ ހެޓްރިކާ އެކު ބީއެމްއެލް އެޓޮލްސް ޗެމްޕިއަންކަން ހޯދައިފި

ފައިބެ އަހަރުގެ މުބާރާތުގައި ސައްޓު މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިނާމާ ހަވާލުވަނީ
ފައިބެ އަހަރުގެ މުބާރާތުގައި ސައްޓު މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިނާމާ ހަވާލުވަނީ

 

މުއައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދިރުވާ އާލާ ކުރުވުމާއި ކުޅިވަރުގެ ރޫޙު އަށަގެންނެވުމުގެ އިތުރުން ކޮންމެ އަހަރަކުވެސް ބާއްވާ ކުލަބް މޯލްޑިވްސް ފުޓްސަލް މުބާރާތަށް ބީއެމްއެލްގެ ޓީމު ތައްޔާރު ކުރުމުގެ މަގުސަދުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުއައްޒަފުންގެ މެދުގައި ކޮންމެ އަހަރަކުވެސް ބާއްވާ ބީއެމްއެލް ކަޕް 2013ގެ ޗެމްޕިއަންކަން، އޭދަފުއްޓަށް އުފަން ޒުވާން ހުނަރުވެރި ކުޅުންތެރިޔާ ބީއެމްއެލް އޭދަފުށީ ބްރާންޗުގައި މަސައްކަތް ކުރާ ޢިޝާން އިބްރާހިމް (ސައްޓު)ގެ ހެޓްރިކާ އެކު ބީއެމްއެލް އެޓޯލްސް ޓީމު ހޯދައިފި އެވެ.

މިރޭ ޓާފް ދެ ނަމްބަރު ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ބީއެމްއެލް އެޑްމިންގެ ޓީމާއި ބައްދަލުކޮށް ބީއެމްއެލް އެޓޯލްސް ޓީމު މެޗު ކާމިޔާބު ކުރީ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

ގްރޫޕް ސްޓޭޖުގައިވެސް މި ދެ ޓީމު ބައްދަލުކޮށް ފަސޭހަ ކަމާއެކު ބީއެމްއެލް އެޓޯލްސް ޓީމު ކާމިޔާބު ކޮށްފައިވާތީ، އެޓޯލްސް ޓީމުން ކުޅުނީ ވަރަށް ހަމަޖެހިގެން ނެވެ.

މެޗު ފެށުނުތަނާހެން ބީއެމްއެލް އެޓޯލްސް ޓީމުން ލަނޑެއް ޖަހާ ކުރި ހޯދިކަމުގައިވިޔަސް، އެޑްމިން ޓީމުން ވަނީ މާ ގިނަ އިރެއް ނުވެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެހެން ނަމަވެސް އެގޮތުގައި ހިފަހައްޓާލެވުނީ ގާތްގަޑަކަށް ދެތިން މިނެޓެެވެ.  ފުރަތަމަ ހާފު ނިމުމުގެ ކުރިންވެސް ނަތީޖާ ތަފާތު ކުރުމަށް ފަހު، ފަހު ހާފުގައި ފެނިގެން ދިޔަ އިތުރު ލަނޑުތަކަށް ފަހު، މެޗު ނިމެގެން ދިޔައީ އެޑްމިން ޓީމަށް އިތުރު ލަނޑެއް ޖެހިޔަނުދީ ބޮޑު ލީޑެއްގައި މުޅި މެޗުވެސް ބީއެމްއެލް އެޓޯލްސް ޓީމު ޑޮމިނޭޓް ކުރަމުން ނެވެ.

ޖުމްލަ ތިން މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސައްޓު ވަނީ،ފައިނަލު މެޗު އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން، 11 ލަނޑު ޖަހައިގެން މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. އަދި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް ސައްޓުވަނީ ހިމެނިފައެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.