
އައްޑޫ ޓްރައިޑީ ސްޕޯޓްސް އެކަޑަމީން ބޭއްވި ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތުން ރިވައިވަލް އޭދަފުށި ބެޑްމިންޓަން އެކަޑަމީން ފުރިހަމަ ކާމިޔާބެއް ހޯދައިފި އެވެ.
ސ. ހިތަދޫ ބެޑްމިންޓަން އެރީނާގައި ބޭއްވި މުބާރާތުގައި އައްޑު އަތޮޅުގެ އިތުރުން ޅ. ނައިފަރު، އޭދަފުށި އަދި މާލޭގެ ބެޑްމިންޓަން އެކަޑަމީތަކުން ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެފައި ވެއެވެ.
މި މުބާރާތުގައި ރިވައިވަލް އޭދަފުށީ ބެޑްމިންޓަން އެކަޑަމީގެ ކުޅުންތެރިން ވަނީ ހަތަރު ކެޓަގަރީއަކުން ހަ ރަންމެޑަލް ހޯދައިފަ އެވެ. އަދި އަށް ކެޓަގަރީއަކުން ވަނީ ސިލްވަރ މެޑަލް ހޯދައިފަ އެވެ.
ރަން މެޑަލް ހޯދި ކުޅުންތެރިން:
- 13 އަހަރުންދަށް (ފިރިހެން ސިންގަލްސް) ރިޝާމް
- 18 އަހަރުންދަށް (އަންހެން ސިންގަލްސް) އީނާސް
- 13 އަހަރުންދަށް (ފިރިހެން ޑަބަލްސް) ރިޝާމް/އައޫފް
- 13 އަހަރުންދަށް (އަންހެން ޑަބަލްސް) އަޒްކާ/ނައުރީން
ރިހި މެޑަލް ހޯދި ކުޅުންތެރިން:
- 13 އަހަރުންދަށް (އަންހެން ސިންގަލްސް) ލާރާ
- 13 އަހަރުންދަށް (ފިރިހެން ޑަބަލްސް) އީލާފް/އިތާން
- 15 އަހަރުންދަށް (ފިރިހެން ޑަބަލްސް) ހައްޔާން/ނައުހާން
- 15 އަހަރުންދަށް (މިކްސް ޑަބަލްސް) އިލާން/ނައުރީން
- 18 އަހަރުންދަށް (ފިރިހެން ޑަބަލްސް) އަލޫފް/އަހުނަފް
- 18 އަހަރުންދަށް (އަންހެން ޑަބަލްސް) މިޝްކާ/އީނާސް
- 18އަހަރުންދަށް (މިކްސް ޑަބަލްސް) އަލޫފް/އީނާސް
ބްރޯންޒް މެޑަލް ހޯދި ކުޅުންތެރިން
- 10 އަހަރުންދަށް (ފިރިހެން ސިންގަލްސް) މަނާން
- 13 އަހަރުންދަށް (ފިރިހެން ސިންގަލްސް) އިތާން
- 13 އަހަރުންދަށް (އަންހެން ސިންގަލްސް) އަޒްކާ، ރައިޝާ
- 13 އަހަރުންދަށް (އަންހެން ޑަބަލްސް) ލާރާ / ރައިޝާ
- 15 އަހަރުންދަށް (ފިރިހެން ޑަބަލްސް) ޝައިހޫން / ޔަނާލް
- 15 އަހަރުންދަށް (މިކްސް ޑަބަލްސް) ހައްޔާން / އަޒްކާ
- 18 އަހަރުންދަށް (ފިރިހެން ޑަބަލްސް) ހޫދު / އިޒްއާން

