
ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ބ. އަތޮޅު ހޮސްޕިޓަލުގެ ހިދުމަތްތަކަށް ފަސޭހަކޮށް ފައިސާ ދެއްކޭނެ ހިދުމަތް އިއްޔެ ތައާރަފްކޮށްފި އެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ، މި ޚިދުމަތް ފެށުމާއެކު، އެ ހޮސްޕިޓަލުން ހިދުމަތް ހޯދަން އަންނަ މީހުންނަށް ފައިސާ ދެއްކުމުގައި މިހާރު އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.
ހޮސްޕިޓަލުން މަޢުލޫމާތު ދިންގޮތުގައި، މި އާ ނިޒާމުގެ ދަށުން ކާޑު މެޝިނާއި ސްކޭން ޓު ޕޭގެ ޚިދުމަތްވެސް ބޭނުންކުރެވޭނެ އެވެ. މީގެ ކުރިން ހޮސްޕިޓަލަށް ފައިސާ ދައްކަން ޖެހެނީ ހަމައެކަނި ނަގުދު ފައިސާއިންނެވެ.
މި އާ ނިޒާމުގެ ސަބަބުން ޚާއްޞަކޮށް ކުއްލި ހާލަތްތަކުގައި އެ ހޮސްޕިޓަލުން ހިދުމަތް ހޯދަން އަންނަ މީހުންނަށް ވަރަށް ބޮޑު ފަސޭހައެއް ވާނެ އެވެ.
މި ބަދަލަކީ ބ. އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތް ރަނގަޅުކުރުމަށް ގެނެވުނު އިތުރު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.

