ބީއެމްއެލްގެ ސްކޮލާޝިޕް ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ބީއެމްއެލްގެ ސްކޮލާޝިޕް ލިބުނު މީގެކުރިން ލިބުނު ބައެއް މީހުން: އެ ސްކޮލާޝިޕަށް ކުރިމަތިލާން އަނެއްކާވެސް ވަނީ ހުޅުވާލާފައި — ފޮޓޯ/ބީއެމްއެލް

ބޭންކިންގ އާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ތަމްރީނުކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތަޢާރަފުކޮށްފައިވާ ސްކޮލަޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ މި ސްކޮލަޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުޞަތު ބޭންކުން ހުޅުވާލާ ތިންވަނަ އަހަރެވެ.

މި ސްކޮލަޝިޕްގެ ދަށުން ބޭންކިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ކިޔެވޭނެއެވެ. މީގެ ތެރޭގައި އެކައުންޓިންގ، ފައިނޭންޝަލް ޓެކްނޮލޮޖީ، ފައިނޭންޝަލް އިންޖިނިއަރިންގ، ރިސްކް މެނޭޖްމަންޓް އަދި ފައިނޭންޝަލް ރިޕޯޓިންގ އެންޑް އެނަލިޓިކްސް ފަދަ ދާއިރާތަކުން ޑިގްރީ ހާސިލުކުރެވޭނެއެވެ.

މިއަހަރުވެސް ސްކޮލަޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ހިމެނޭ ގޮތަށް ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ތިން ދަރިވަރަކަށް ބޭންކުން ދޭން ނިންމާފައިވެއެވެ. ސްކޮލަޝިޕްގެ ދަށުން ޓިއުޝަން ފީއާއި މަހުން މަހަށް ހިނގާނެ ޚަރަދުގެ އިތުރުން ވިސާ ފީ، ފޮތް ގަތުމުގެ ޚަރަދު، އެސްޓަބްލިޝްމަންޓް އެލަވަންސް އަދި ޓިކެޓް ޚަރަދު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިހާރުވެސް ބީއެމްއެލް ސްކޮލަޝިޕްގެ ދަށުން ރާއްޖެއިން ބޭރުގައި ހަ ދަރިވަރަކު ކިޔަވަމުން ގެންދެއެވެ.

މި ފަންޑަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔެކިޔުންތަކާއެކު އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބީއެމްއެލްއަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.