
އޭދަފުއްޓާއި މާލެއާ ދެމެދު ފެރީ ލޯންޗުގެ ޚިދުމަތް ފޯރުކޮށްދެމުން ދެމުން އަންނަ ޔޫސުފް ސްޕީޑުން މާލެއާއި ދެމެދު ބ. އަތޮޅުގެ އިތުރު ދެ ރަށަކަށް ފެރީ ދަތުރުތަކެއް ތަޢާރަފުކުރަން ނިންމައިފިއެވެ.
ޔޫސުފް ސްޕީޑުން ބުނިގޮތުގައި އަލަށް ފެރީ ދަތުރުތައް ފަށަނީ މިއަތޮޅު ކުޑަރިކިލާއި ކެންދޫ އަށެވެ. މިހާތަނަށް ދަތުރުތައް ބާއްވަމުން އައީ އޭދަފުއްޓާއި މާޅޮހަށެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި، މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެންނެވެ. އެގޮތުން އެ ކުންފުނީގެ ދަތުރުތަކަށް އެންމެފަހުން ތަޢާރަފުކުރި “ރަސްގެފާނު” ލޯންޗުގައި ފެރީ ދަތުރުތައް ކުރިއަށްދާނީ މާލެއިން ފެށިގެން ކުޑަރިކިލު، ކެންދޫ، މާޅޮސް އަދި އޭދަފުށި ހިމެނޭ ގޮތަށެވެ.
މި ދަތުރުތަކަކީ އަތޮޅުތެރޭގެ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ގެނެސްދޭނެ ދަތުރުތަކަކަށްވާނެއެވެ. ޚާއްޞަކޮށް ވިޔަފާރިވެރިންނާއި، ބޭސްފަރުވާއަށް އަންނަ ފަރާތްތަކަށް މީގެ ފައިދާ ކުރާނެއެވެ.
ޔޫސުފް ސްޕީޑުން ހަފްތާގެ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދަތުރުތައް ބާއްވައެވެ.