
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން މިއަދު ބ. އޭދަފުށީގައި އިސްރަށްވެހިންނަށް އަމާޒުކޮށްގެން “އުފާވެރި ރާސްތާ” ޕްރޮގްރާމްގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި މި ޕްރޮގްރާމަކީ އިސްރަށްވެހިންގެ އިޖުތިމާޢީ އަދި ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު ޚާއްސަ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމުން އިސްރަށްވެހިން އެއްތަނަކަށް އެއްވެ، އެކަކު އަނެކަކާ ބައްދަލުވެ، ހިޔާލު ބަދަލުކުރުމުގެ މުހިންމު ފުރުސަތެއް ފަހިކޮށްދެވުނު ކަމަށް ވެސް އެ މިނިސްޓްރިން ބުންޏެވެ.

ޕްރޮގްރާމުގައި އިސްރަށްވެހިންނަށް ސިއްހީގޮތުން ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކުގެ މަޢުލޫމާތު ހިއްސާކުރެވުނެވެ.
އެ މިނިސްޓްރީން ބުނީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް އޮތްތަނުގައިވެސް އެހެން ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ.
