ދަރަވަންދުއަށް ޒިޔާރަތްކުރާ އަހަރުގެ އެމްބެސެޑަރަކަށް ސާލިމް

ސާލިމް އޭނާ މަސައްކަތްކުރާ ގެސްޓްހައުސް ތެރޭގައި — ސަން ފޮޓޯ: މުޙައްމަދު އާސިފް

ދަރަވަންދޫއަށް ޒިޔާރަތްކުރުމުގެ އަހަރުގެ އެމްބެސެޑަރެއްގެ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ އަހްމަދު ސާލިމް ހަމަޖައްސައިފި އެވެ.

ދަރަވަންދޫގެ އަހުމަދު ސާލިމަކީ އުފެދުމުގައި ޑްވާފިޒަމް ހުރި، އުމުރުން 35 އަހަރުގެ މީހެކެވެ. އޭނާގެ އިސްކޮޅު ކުރުކަމުން ދިމާވި ގޮންޖެހުންތަކާ ކުރިމަތިލީ ހިތްވަރާއެކުއެވެ. މިއަދު އޭނާއަކީ ދިރިއުޅުމުގައި ކާމިޔާބު މީހެކެވެ.

ސާލިމް މަސައްކަތްކުރަނީ ދަރަވަންދޫގެ ކިހާ ބީޗް ގެސްޓްހައުސްގައެވެ. އޭނާ ފަތުރުވެރިންނަށް ޚިދުމަތްދިނުމުގައި ވަރަށް ފަރުވާތެރިވެއެވެ. އަދި އޭނާގެ މަސައްކަތަށް ފަތުރުވެރިންގެ ތަޢުރީފު ލިބެއެވެ. ސާލިމްގެ އެންމެ ބޮޑު އަމާޒަކީ ދަރަވަންދޫ މުޅި ދުނިޔެއަށް އިޝްތިހާރުކުރުމެވެ.

ސާލިމް، ދަރަވަންދޫ މޮނިއުމަންޓް ކައިރީ ހުއްޓިލައިގެން –ސަން ފޮޓޯ: މުޙައްމަދު އާސިފް

ސާލިމްއަކީ ރަށުގެ އިޖުތިމާޢީ ކަންކަމުގައި ވެސް ހަރަކާތްތެރިވާ މީހެކެވެ. އޭނާގެ ހާލަތު ހުރިގޮތުން ކުރިމަތިވި ދަތިތަކުގެ ސަބަބުން މާޔޫސްނުވެ، ހިތްވަރާއެކު ކުރިއަށްދިޔުމަކީ އޭނާ ދޭ ނަސޭހަތެކެވެ. ސާލިމްގެ ވާހަކައިން އެނގެނީ މީހާ ހުންނަ ސިފައަކުން ދިރިއުޅުމުގެ އެއްވެސް ކަމަކަށް ހުރަހެއް ނޭޅޭނެކަމެވެ.

ދަރަވަންދުއަށް ޒިޔާރަތްކުރުމުގެ އަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ޒަމާނީ ފެންވަރުގެ މަންތާ ސެންޓަރަކާއި، ސަގާފީ މަރުކަޒެއް އެޅުމުގެ އިތުރުން އިޖުތިމާއީ އެކިއެކި ޕްރޮގްރާމްތަކާއި މޫދާއި ބީޗު ސަރަހައްދުގައި ފެސްޓިވަލްތަކާއި މުބާރާތްތައް ބޭއްވުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.