
ބޭންކް އޮފް މޯލްޑިވްސްއި (ބީއެލްއެލް) އިން ރާއްޖޭގެ ހަ ރަށެއްގައި ދިރިއުޅޭ 14 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް 300 ބައިސިކަލު ހަދިޔާކޮށްފިއެވެ.
ބީއެމްއެލް އިން ބުނިގޮތުގައި، މިއީ ޒުވާނުން މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް އާދަކުރުވުމާއި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރުމަށް ހިތްވަރުދިނުމަށް ބޭންކުން ހިންގި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން ބައިސިކަލުތައް ހަދިޔާކޮށްފައިވަނީ ހއ. ދިއްދޫ، ބ. އޭދަފުށި، ކ. މާފުށި، ނ. މަނަދޫ، މ. މުލައް އަދި ވިލިމާލޭގައި ދިރިއުޅޭ 14 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށެވެ. މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ 6 ޖަމިއްޔާއެއް މެދުވެރިކޮށެވެ.

ބައިސިކަލުތައް ބެހުމުގައި ބައިވެރިވި ޖަމިއްޔާތަކުގެ ތެރޭގައި ދިއްދޫ ކުރިމަގު، ވެސްޓް ވިންގްސް، ނިއު ސްޓާރ ސްޕޯރޓްސް ކްލަބް، ޗެސްޓަރ، ކޮމިއުނިޓީ އެމްޕަވަރމެންޓް ލިންކޭޖް އަދި ސޭވް ދަ ބީޗް ހިމެނެއެވެ.

