އަންނަ އަހަރު ތަކެތީގެ އަގު އިންތިހާ އަށް މައްޗަށް އަރާނެ: ސަލީމް

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)-- ފޮޓޯ/ މަޖިލިސް
އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)– ފޮޓޯ/ މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ޑެފިސިޓްގެ ސަބަބުން ޑޮލަރުގެ އަގު ބޮޑުވެ ތަކެތީގެ އަގު އިންތިހާ އަށް މައްޗަށް އަރާނެ ކަމަށް އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ އަންނަ އަހަރު ޑޮލަރުގެ އަގު 18 ރުފިޔާ އަށް އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ދިރިއުޅުމުގެ ހަރަދުތައް އުފުލިގެން ދާނެ ކަމަށް މެމްބަރު ސަލީމް ވިދާޅުވި އެވެ.

“މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް، ތަކެތީގެ އަގު މަތިވެ ދިރިއުޅުމުގެ ހަރަދުތައް މައްޗަށް ދާނެ، އެހެންކަމުން މިއީ ދައުލަތުގެ ހަރަދުތައް ކުޑަ ކުރަން ޖެހޭ ކަމެއް،” މިހާރު ރައީސް އަބްދުﷲ ޔާމީން ފެކްޝަންގެ ސަލީމު ވިދާޅުވި އެވެ.

ނަމަވެސް ސަލީމް ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ތައުރީފް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަސައްކަތް ކުރައްވަނީ ދައުލަތުގެ ޑެފިސިޓް ކުޑަ ކުރުމަށެވެ.

ފިނޭންސް މިނިސްޓަރުގެ ވިސްނުމުގައި ދައުލަތުގެ ހަރަދުތައް ކުޑަ ކުރަން އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. އަދި “ބަޖެޓު މައްޗަށް ދިއުމުގެ ބަދަލުގައި” ގިނަވާން ޖެހޭނީ ތަރައްގީގެ މަޝްރޫއުތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވި ގޮތުގައި ސަރުކާރުގެ ބައެއް ކުންފުނިތަކަށް ބަލައިފި ނަމަ، ފެންނަނީ ބޭކާރު ހަރަދުތަކެއް ކުރަމުންދާ ތަނެވެ. އަދި ބައެއް ކުންފުނިތަކުން ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާ ކަމަށާއި ސަރުކާރުން އެކަންކަން ހުއްޓުވަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

“ދައުލަތުގެ ހަރަދުތައް ކުޑަކުރުމަކީ ރައީސް މައްޗަށް ލާޒިމް ކަމެއް، ދައުލަތުން ހިންގަމުންދާ ހަރަދުތައް ކުރަނީ އެންމެ އެކަށީގެންވާ ގޮތެއްގައިތޯ ބެއްލެވުމަކީ އެމަނިކުފާނަށް ލާޒިމް ކަމެއް،” އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ހިންގައިގެން ނާޖައިޒު ފައިދާ ނަގާ މީހުން ހޯދައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައްވާ ކަމަށެވެ. އަދި ފާޑު ކިޔާ ކޮންމެ މީހަކީ ދުޝްމަނެއް ނޫން ކަމަށާއި އެއީ “އިހްލާސްތެރިން” ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

“ކަމެއް ގޯސްކޮށް ކުރީމަ އެކަން ރަނގަޅޭ ބުނާނީ ދުޝްމަނުން، އެއީ ވަފާތެރިންނެއް ނޫން. އެއީ ރައީސަށް އޮޅުވާލައިގެން ނެގެން އޮތް ފައިދާއެއް ނެގުން. އެހެންވީމަ އަޅުގަނޑު ރައީސަށް ގޮވާލަނީ އެފަދަ ބޭފުޅުންނާ ދޭތެރޭގައި ވިސްނާ ވަޑައިގަތުމަށް،” ސަލީމް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. b

    ތަކެތީގެ އަގު މައްޗަށް ގެންދަނީ ކޮންބައެއް. ؟ ހުރިހާ ނިކަމެތިކަމެއް މިލިބެނީ ރައްޔިތު މިޙަ އަށް . ކިހާ ދެރަކަމެއް؟ އެކމަކު ކޮންމެ މީހަކު އަރާ ކުރަނީ ހެޔޮ ވެރިކަމެކޯ. ރައްޔިތުންގެ ލާބަ އަށް ރެއާއި ދުވާލު މަސައްކަތް ކުރަނީ އޯ. އަޖައިބުވެދާނެ އެއްނު<…

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.