ބީއެމްއެލްއިން ފެރިދޫ އާއި ބޮޑުފޮޅުދޫގައި އޭޓީއެމް ސެންޓަރު ހުޅުވައިފި

އއ. ފެރިދޫގައި ހުޅުވި އޭޓީއެމް ސެންޓަރު. — ފޮޓޯ: ބީއެމްއެލް

 ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު އއ. އަތޮޅުގައި މުޅިން އަލަށް ދެ އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.

މިގޮތުން އެ އަތޮޅު ފެރިދޫ އަދި ބޮޑުފޮޅުދޫގައި ގާއިމްކުރެވުނު މި އޭޓީއެމް ސެންޓަރުތަކާއެކު ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ލިބޭނެ މަގު އިތުރަށް ތަނަވަސްވެގެން ދާނެ ކަމަށް ބީއެމްލުން ބުންޏެވެ.

ފެރިދޫ އަދި ބޮޑުފޮޅުދޫގައި ހުޅުވުނު އާ އޭޓީއެމް ސެންޓަރުތަކުން ދުވާލަކު 24 ގަޑިއިރު އަސާސީ ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ. މީގެ ތެރޭގައި ފައިސާ ނެގުމާއި، ޖަމާކުރުމާއި އަދި ފައިސާ ޓްރާންސްފަރ ކުރުން ހިމެނެއެވެ. މި އިންވެސްޓްމަންޓާއެކު އަލިފު އަލިފު އަތޮޅުގައި ބީއެމްއެލް އިން މިވަނީ ޖުމްލަ 6 އޭޓީއެމް ސެންޓަރު ގާއިމްކޮށްފައެވެ. ފުޅާވެގެން ދިޔަ އޭޓީއެމް ވިއުގައިގެ އިތުރުން، 2006 ވަނަ އަހަރު ރަސްދޫގައި ހުޅުވުނު ބްރާންޗް މެދުވެރިކޮށް ބީއެމްއެލް އިން އަންނަނީ  އަތޮޅުގައި ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދެއެވެ.

އއ. ބޮޑުފުލަދޫގައި ހުޅުވި އޭޓީއެމް ސެންޓަރު. — ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފު ވިދާޅުވީ އއ. އަތޮޅުގައި ބީއެމްއެލްގެ އޭޓީއެމް ވިއުގަ ފުޅާކޮށް، ފެރިދޫ އަދި ބޮޑުފޮޅުދޫގެ ރައްޔިތުންނަށް އަސާސީ ބޭންކިންގ ޚިދުމަތްތައް އިތުރަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކުރެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

“އަޅުގަނޑުމެން ޑިޖިޓަލް ބޭންކިންގ ފުޅާކުރުމަށް ކުރަމުންދާ އިންވެސްޓްމެންޓްތަކާއެކު މި އިންވެސްޓްމަންޓަކީ އަޅުގަނޑުމެން ހިދުމަތްދޭ މުޖުތަމައުތަކަށް އެހީތެރިވުމަށާއި، ދިވެހިރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ހެއްކެއް.”

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 91 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 147 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.