މާޅޮހުގައި ޕްލާސްޓިކް ތަޣައްޔަރުވުމާ ބެހޭ ހޭލުންތެރިކަމުގެ ޙަރަކާތެއް ބާއްވައިފި

ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓުން ބ. މާޅޮހުގައި ޕްލާސްޓިކަށް ޚާއްޞަ ހޭލުންތެރިކަމުގެ ޙަރަކާތެއް ބާއްވައިފިއެވެ.

މެރިއޮޓް ބޮންވޮއި މޮމެންޓް އިނީޝިއޭޓިވްގެ ދަށުން އޮކްޓޯބަރު 26 އިން 28 އަށް މާޅޮހުގައި ކުރިއަށް ގެންދިޔަ މި ޙަރަކާތަކީ މޯލްޑިވްސް ފްރީޑައިވިންގ އެސޯސިއޭޝަން، ޔޫ.އެސް.އެއިޑް، އަދި ބ. މާޅޮސް ކައުންސިލާ ގުޅިގެން ކުރިޔަށް ގެންދެވުނު ޙަރަކާތެކެވެ. މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ތިމާވެށި ޙިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކޮށް، އެކަމަށް އާންމުން ހޭލުންތެރިކުރުވުމެވެ.

މި ޙަރަކާތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ދުނިޔޭގެ ރެކޯޑު ހޯލްޑަރ ކްރިސްޓިއަން ރެޑްލްއާއެކު “ފްރީޑައިވިންގ އެކްސްޕީރިއަންސް” އެވެ. މި ތަޖުރިބާގެ ތެރެއިން ބައިވެރިންނަށް މަޝްހޫރު ފްރީޑައިވަރާއެކު ވަގުތު ހޭދަކުރުމުގެ ފުރުޞަތު ލިބުނެވެ. މީގެއިތުރުން، ކަނޑުގެ ތަޣައްޔަރުވުމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރެވުނެވެ.

މި ފަދަ ޙަރަކާތްތަކަކީ ރާއްޖޭގެ ޤުދުރަތީ މާޙައުލު ރައްކާތެރިކޮށް ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓުގެ ފަރާތުން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.