ބ. އަތޮޅު ކުދިންނަށް ބާސެލޯނާ ކޯޗެއްގެ ތަމްރީނާއި އިރުޝާދުތަކެއް

އަމިއްލަފުށީ ޓްރެއިނިން ކޭމްޕްގައި ރެއަލް ބެޓިސް ކުދިންނަށް އިރުޝާރު ދެނީ.

ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކުލަބެއް ކަމުގައިވާ ބާސެލޯނާގެ ކޯޗިންގ ސްޓާފުގައި ހިމެނޭ މާޓިން ޓޮރިބިއޯ ބ. އަތޮޅުގެ ޒުވާން ކުޅުންތެރިންނަށް ތަމްރީނު ދޭން ފަށައިފިއެވެ.

އަމިއްލާ މޯލްޑިވްސްގެ އިސްނެގުމާއެކު އެ ރިސޯޓުގައި ކުރިއަށްދާ މި ޕްރޮގްރާމްގައި، ރެއަލް ބެޓިސްގައި ވެސް މަސައްކަތްކޮށްފައިވާ މާޓިން އާއެކު، އާޖީލަކާ ފުޓްބޯޅަ އެކަޑަމީގެ ޒާން އާމިރު ވެސް ދިވެހި ކުދިންނަށް އިރުޝާދު ދެއްވާނެއެވެ.

އަމިއްލަފުށީ ޓްރެއިނިން ކޭމްޕްގައި ބައިވެރިވި އާ ޖީލަކަށް އޭދަފުށީ އެކަޑަމީގެ ކުދިންނަށް ރެއަލް ބެޓިސް އާއެކު.

އޮކްޓޯބަރު 21 އިން އަންނަ ނޮވެމްބަރު 2 އަށް ކުރިއަށްދާ މި ޚާއްޞަ ތަމްރީނު ޕްރޮގްރާމަކީ 14 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ކުރިއަށްދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި  އޭދަފުށި، މާޅޮސް، ދަރަވަންދޫ އަދި ދޮންފަނު ކުދިންނަށް އަންނަނީ ޓްރޭނިންގ ސެޝަންތަކެއް ހިންގަމުންނެވެ.

މި ޕްރޮގްރާމްގައި ހަމައެކަނި ފުޓްބޯޅަ ކުޅުމުގެ ހުނަރުތައް އުނގަންނައިދިނުމުގެ އިތުރުން، ކުޅިވަރުގެ މައިދާނުގައި ކާމިޔާބު ހޯދުމަށް މުހިންމު ސިފަތަކެއް ކަމުގައިވާ އަޚްލާޤާއި، ޒިންމާދާރުކަމާއި، އަދި އަމިއްލަ ނަފްސަށް އިތުބާރު ކުރުން ފަދަ ރިވެތި އާދަތައް ދަސްކޮށްދެ އެވެ.

އަމިއްލަފުށީ ޓްރެއިނިން ކޭމްޕްގައި ބައިވެރިވި މާޅޮހު ސްކޫލް ކުދިންނަށް ރެއަލް ބެޓިސް އާއެކު.

އަމިއްލާ މޯލްޑިވްސްއިން މިފަދަ ޕްރޮގްރާމެއް ރާވައި ހިންގުމަކީ، ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އަޅާ އިތުރު ހަރުދަނާ ފިޔަވަޅެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.