ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ އަތޮޅު ކައުންސިލު ބަށިމުބާރާތުގެ ސެމީ އަށް ޓީމުތައް ހޮވިއްޖެ އެވެ.
މި އަތޮޅުގެ 5 ރަށުން ވާދަކުރާ މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަހޯދީ އޭދަފުށި، ގޮއިދޫ، މާޅޮސް އަދި ހިތާދޫ އެވެ.
މިއަދު ހަވީރު ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އޭދަފުއްޓާއި މާޅޮސް އެވެ. ދެވަނަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން ގޮއިދޫއާއި ދެކޮޅަށް ނުކުންނާތީ ހިތާދޫ އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް މިއަހަރުވެސް 25،000ރ. ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 15،000ރ. ހުށަހަޅާފައިވެ އެވެ. މިއީ، އަތޮޅު ކައުންސިލުން ބަށި މުބާރާތް ބާއްވާ ތިންވަނަ އަހަރެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހު ހަވީރު އެވެ.
މި ނޫނީ ނެތީތަ ކުރާނެކަމެއް. ބޭކާރު ޚަރަދު. މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގަ ބަޔަކު ކުޅޭވެސް އެއްޗެއްނޫން