ބ. އަތޮޅުގެ ފުލުހުންގެ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ތްރީ އޮން ތްރީ ފުޓްބޯޅަ މުބާރާތެއް ބާއްވައިފި އެވެ.
“ބ. އަތޮޅު ކޮމާންޑަރ ކަޕް”ގެ ނަމުގައި ބ. އަތޮޅު ޕޮލިސް ރެކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން މި މުބާރާތް ބޭއްވި މިމަހުގެ 28-30 އަށް އޭދަފުށި ފުޓްސަލް ދަނޑުގަ އެވެ.
ބ. އަތޮޅު ފުލުހުން ބުނިގޮތުގައި، މި މުބާރާތަކީ އަތޮޅުގައި މަސައްކަތްކުރާ މުވައްޒަފުން އެއްތަނަކުން ބައްދަލުކޮށް މުވައްޒަފުންނަކީ ދުޅަހެޔޮ ބަޔަކަށް ހެދުމާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ މުބާރާތެކެވެ.
ޖުމްލަ 7 ޓީމް ވާދަކުރި މި މުބާރާތުގައި ފައިނަލްގައި ޓީމް އަންސްޓޮޕަބަލް އާއި ޓީމް އެންޓި ބްލީންގ ބައްދަލުކުރި މެޗް 4 ލަނޑު 2 ލަނޑުން މެޗް ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޓީމް އަންސްޓޮޕަބަލް އެވެ.
ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީމް އަންސްޓޮޕަބަލް ގެ ސާޖަންޓް ސާއިދު އަބޫބަކުރުއެވެ.
މުބާރާތުގެ އެންމެ މޮޅު 3 ކުޅުންތެރިންނަށް ހޮވިފައިވަނީ ޓީމް އަންސްޓޮޕަބަލް ސާޖަންޓް ސާއިދު އަބޫބަކުރުއާއި ސާޖަންޓް މުޙައްމަދު އަނިލް އާއި ޓީމް އެންޓި ބްލީންގެ ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު މަދީން އެވެ.
މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް އަންސްޓޮޕަބަލް ގެ ސީނިއަރ ސާޖަންޓް ހުސައިން ފާސިރުއެވެ. މުބާރާތުގެ ފެއަރޕްލޭ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ތުޅާދޫ ޕޮލިސް ކޮމްބައިންގެ ސާޖަންޓް މުޙައްމަދު ނައުޝާދު އެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނޯތު ޕޮލިސް ޖީޖަންގެ ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ނަބީލްއެވެ.
މި ރަސްމިއްޔާތުގައި ބ. އަތޮޅު ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަފްރާ އާދްމްއާއި ރ.އުނގޫފާރު ޕޮލިސް ސްޓޭޝަނުގެ އިންޗާރޖް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އަޙްމަދު އާއި އޭދަފުށި އޭދަފުށީ ކައުންސިލުގެ ބައެއް މެންބަރުން ބައިވެރިވި އެވެ.