ލޯފަން ކުދިންގެ ހަރަކާތަށް ދިރާގުން ހިލޭ ކޮންފަރެންސް ކޯލް

ލޯފަން ކުދިންގެ ޖަމިއްޔާއާއެކު އެއްބަސްވުމެއްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން—ފޮޓޯ / ދިރާގު
ލޯފަން ކުދިންގެ ޖަމިއްޔާއާއެކު އެއްބަސްވުމެއްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން—ފޮޓޯ / ދިރާގު

ލޯފަން ކުދިންގެ ހައްގުތައް ހިމާޔަތް ކުރާ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ ބްލައިންޑްލީ އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް)ގެ މެމްބަރުންގެ މެދުގައި ކޮންފަރެންސް ކޯލް ކުރުމުގެ ހިދުމަތް ދިރާގުން ހިލޭ ފޯރުކޮށްދޭން ނިންމައިފި އެވެ.

މި ޙިދުމަތް ފޯރުކޮށްދިނުމައްޓަކައި މިއަދު ވަނީ ދިރާގާއި ލޯފަން ކުދިންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ޖަމިއްޔާއަކާއެކު އެމް.އޯ.ޔޫ އެއްގައި ސޮއި ކޮށްފައިއެވެ.

ދިރާގު ހެޑްއޮފީހުގއި ބޭއްވި އެ ރަސްމިއްޔާތުގެ ޕެނަލްގައި ތިއްބެވީ ދިރާގުގެ ސީ.އީ.އޯ، އެމް.ޑީ އިސްމާޢީލް ރަޝީދު އަދި ސީ.އެމް.އޯ އިޒަބެލް ހަޖްރީއެވެ. މީގެ އިތުރުން ބީ.ވީ.އައި.އެސް.އެމް ގެ ފަރާތުން ބައިވެރިވެވަޑައިގަތީ ބީ.ވީ.އައި.އެސް.އެމް ގެ ރައީސް މާޒިން އަދި އެޖަމިއްޔާގެ ފަރާތުން މަރިޔަމް ވަހީދާ އެވެ.
ދިރާގުން ބުނިގޮތުގައި މި ޚިދުމަތުގެ ސަބަބުން އެ ޖަމްޢިއްޔާގެ މެމްބަރުންނަށް ވަރަށް ގިނަގުނަ ފައިދާތަކެއް ލިބިގެން ދާނެއެވެ.

“ސަބަބަކީ ލޯފަން ބޭފުޅުން ޖަމްޢިއްޔާގެ ގިނަ ހަރަކާތްތައް ބާއްވަމުން ދަނީ ފޯނުގެ ޒަރިއްޔާއިން ކަމަށްވާތީ އެވެ. މީގެ ތެރޭގައި، ޤުރުއާން ކިޔަވައިދިނުމާއި ދީނީ ނަސޭހަތް ދިނުން ފަދަ ޖަމްޢިއްޔާގެ މެމްބަރުންގެ މެދުގައި ހިންގޭ ތަފާތު ތަރައްޤީ އާއި ތަމްރީނު ޕްރޮގުރާމްތައް ވެސް ކުރިއަށް ގެންދަނީ ފޯނު މެދުވެރި ކޮށެވެ. އެހެން ކަމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޯފަންކުދިންނަށް މިފަދަ ތަމްރީނު ޕްރޮގްރާމް ތަކުގައި ބައިވެރިވުމުގެ ފުރުޞަތު މި ޚިދުމަތުގެ ސަބަބުން އިތުރަށް މަގުފަހި ވެގެންދާނެއެވެ، ދިރާގުން ބުންޏެވެ.

މީގެ އިތުރުން ޖަމްޢިއްޔާގެ މެމްބަރުން ބާރުވެރިކުރުވައި، ހިތްވަރުދީ މުޖުތަމަޢުއަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށްވެސް ވަރަށް ބޮޑު އެހީ އެއް މި ޚިދުމަތުގެ ސަބަބުން ލިބިގެން ދާނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ދިރާގުން ބުންޏެވެ.

މީގެ އިތުރުން ޖަމްޢިއްޔާގެ ބައްދަލުވުންތަކާއި ޖަލްސާތައް އެކުގައި އެއް މާލަމެއްގައި ބައްދަލުވުމުގެ ދަތިކަން ދިމާވަމުން ދާއިރު ހުރިހާ މެމްބަރުން އެއްތަނެއްގައި ނެތްކަމުގައި ވިޔަސް މަޝްވަރާ ކުރުމަށް އިތުރު ފަސޭހަތަކެއް މި ޚިދުމަތުގެ ސަބަބުން ލިބިގެން ދާނެކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް މުސްތަޤްބަލުގައި ވެސް ލޯފަން ކުދިންގެ ހައްޤުތައް ހިމާޔަތްކުރާ ޖަމިއްޔާ ފަދަ ޖަމިޢިއްޔާ ތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.