ކާޑު ލިމިޓު އިތުުރު ކުރަން ބޭނުންވާ ދަރިވަރުންނަށް ބީއެމްއެލްގެ ޕޯޓަލެއް

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބީއެމްއެލްއިން ދޭ ޑޮލަރުގެ ލިމިޓް 1،200 ޑޮލަރަށް ބޮޑުކުރަން ބޭނުންވާ ދަރިވަރުން ރަޖިސްޓާ ކުރަން ޕޯޓަލެއް ހަމަޖައްސައިފި އެވެ.

ބީއެމްއެލް އިން ބުނީ، ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް ޕާސްޕޯޓާއި ސްޓޫޑަންޑް ވިސާ އާއި ޔުނިވާސިޓީ އެންރޯލްމެންޓް ލެޓާ ބޭނުންވާނެ ކަމަށެވެ. ލިމިޓު އިތުރު ކޮށްދޭން ނަގާނީ މަސައްކަތު އެއް ދުވަހެވެ.

ބީއެމްއެލް އިން ބުނީ، ރަޖިސްޓާވުމުން ޑެބިޑް ކާޑުގެ ލިމިޓު 1،200 ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށެވެ. އެ ކަމުގެ ނޮޓިފިކޭޝަން މޯބައިލް އެޕްލިކޭޝަނަށް އަންނާނެ އެވެ

ކިޔަވާ ކުދިންނަށް ދޭ ލިމިޓު އެ ކުއްޖަކު ކިޔަވާ ގައުމުގައި ބޭނުން ކުރަން ލިބޭ އިރު ކަނޑައަޅާފައިވާ ލިމިޓުގެ ތެރެއިން 250 ޑޮލަރު އެހެން ގައުމެއްގައި ބޭނުން ކުރަން ލިބޭނެ އެވެ.

ބީއެމްއެލް އިން ކިޔަވާ ކުދިންގެ ލިމިޓު ބޮޑުކޮށްދިނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

ބޭންކުން ބުނީ ޑޮލަރުގެ ތާށިކަން ކުރިމަތިވެފައިވިޔަސް، ބޭނުންވާ މިންވަރަށް ކާޑުތަކުން ޑޮލަރުގެ މުއާމަލާތްތައް ނުކުރެވޭތީ، އެކަމުގެ ދަތިކަން ބޭރުގައި ކިޔަވާ ދަރިވަރުންނަށް އިންތިހާއަށް ކުރިމަތިވެފައިވާ ކަމަށެވެ.

އެހެންވެ، ބޭރުގައި ކިޔަވާ ދަރިވަރުންގެ ބޭނުންތައް ފުއްދައިދިނުމަށް ބީއެމްއެލް އިން އިސްކަންދިނުމުގެ ގޮތުން ލިމިޓު ބޮޑު ކުރީ ކަމަށެވެ.

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑޮލަރު ލިމިޓު ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ޕޯޓަލް .Student Limit Request

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.