މިއީ ރައްޔިތުންގެ ސަރުކާރެއް، މަސައްކަތް ކުރާނީ ރައްޔިތުންގެ ފަޅީގައި: ރައީސް

މި ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި، މަސައްކަތް ކުރާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި މި ސަރުކާރުން ހަދާފައިވާ ކެޓް ޝެލްޓާ ހުޅުވުމުގެ ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމަށާއި މިކަމުގައި ދެވަނަ ވިސްނުމެއް ނެތް ކަމަށެވެ.

“ރައްޔިތުންގެ އިހުސާސްތަކަކީ ކޮބައިތޯ ބަލާ ރައްޔިތުންނަށްޓަކައި ކަންތައްތައް ނިންމަމުން މިދަނީ،” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރަކީ ވާ ވައުދުތައް ފުއްދާ، ލާމަރުކަޒީ ނިޒާމަށް އިސްކަންދޭ ސަރުކާރެއް ކަމަށެވެ. އެގޮތުން 160 ކައުންސިލާ ބައްދަލުކޮށް، އެ ކައުންސިލްތަކުން ފާހަގަކުރި ގިނަ ކަންތައްތައް ތަންފީޒުކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ބްލޮކް ގްރާންޓްގެ 5 އިންސައްތަ ކައުންސިލްތަކަށް ލިބޭނެ ކަމަށާއި، ޓޫރިޒަމްގެ ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކުރުމަށް ނިންމާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. މީގެއިތުރުން ކައުންސިލްތަކުގެ އިމާރާތްތައް މަރާމާތުކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.