
އެކި މައްސަލަތަކުގައި ބ. ދަރަވަންދޫ ޕޮލިސް ޑެސްކުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު ފުޅިތަކެއް ނައްތާލައިފި އެވެ.
ފުލުހުން ބުނީ ދަރަވަންދޫގައި މި ފަހަރު ނައްތާލީ މިދިޔަ އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގެ ނިޔަލަށް އެކި ދުވަސްތަކުގައި ދަރަވަންދޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.
އެގޮތުން 209 ބަނގުރާ ފުޅި އާއި 320 ބިޔަރު ދަޅު ނައްތާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންކަމަށް ފުލުހުން ބުންޏެވެ.

