އޭދަފުށީގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަނީ

އޭދަފުށި މަތިން ނަގާފައިވާ ފޮޓޯއެއް: ގެސްޓްހައުސް ތަރައްގީ ކުރަން ދެ ބިމެއް ދޫކުރަން ވަނީ ނިންމާފައި– ފޮޓޯ: ޔާނިއު

ބ. އޭދަފުށީގައި ގެސްޓް ހައުސް ތަރައްގީކޮށް، ހިންގާނެ ބަޔަކު ހޯދަން ރަށު ކައުންސިލުން އަނެއްކާވެސް އިއުލާން ކޮށްފި އެވެ.

އޭދަފުށީ ކައުންސިލުން މިއަދުކުރި އިއުލާނުގައި ބުނީ މި ގެސްޓްހައުސްތައް ތަރައްގީކުރަން 10،000 އަކަފޫޓުގެ ދެ ބިމެއް ރަށުގެ ދެ ސަރަހައްދަކުން ކަނޑައަޅާފައިވާ ކަމަށެވެ. އެ ބިންތައް ކުއްޔަށް ދޫކުރަނީ 50 އަހަރަށެވެ.

އިއުލާނުގައިވާ ގޮތުން ބިޑް ކުރުމުގެ ފުރުސަތު ހުޅުވާލީ އަމިއްލަ ހަރަދުގައި ގެސްޓްހައުސް އިމާރާތްކޮށް، އެ ތަން ބަލަހައްޓައި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށެވެ.

މި ޕްރޮޖެކްޓުގެ ދަށުން ގެސްޓް ހައުސް ތަރައްގީ ކުރަން ޝައުގުވެރިވާ ފަރާތްތަކުން 14 ނޮވެމްބަރު 2024 ވާ ބުރާސްފަތި ދުވަހުން ފެށިގެން 12 ޑިސެމްބަރު 2024 ވާ އާދީއްތަ ދުވަހުގެ 13:00 އާ ހަމައަށް މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

މި ޕްރޮޖެކްޓުގެ ބިޑް ޑޮކިއުމެންޓުގެ އަގަކީ 10،000ރ. އެވެ. ބިޑް ހުށަހަޅަން ޖެހެނީ އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 1:00 އަށް އޭދަފުށީ ކައުންސިލް އިދާރާ އަށެވެ. ބިޑު ހުށަހަޅަން ޖެހޭނީ ކޮންމެ ބިމަކަށް ވެސް ވަކިން ކަމަށް ކައުންސިލް އިދާރާ އިން ބުނެ އެވެ.

އޭދަފުށީގައި ގެސްޓް ހައުސް އެޅުމަށް ދެ ބިމެއް ދޫކުރަން ނިންމި އިރު، އޭދަފުށީ ގެސްޓް ހައުސްގެ ވިޔަފާރިކުރުމަށް އެއްވެސް ފަރާތަކަށް ހުއްދަ ނުދިނުމަށް 2013 ވަނަ އޭދަފުށީ ކައުންސިލުން ނިންމާފައިވެ އެވެ. ނަމަވެސް އަހަރުތަކެއް ފަހުން އެ ނިންމުން ވަނީ ބާތިލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.