ދުވަސްވީ މީހުންގެ އެލަވަންސް އަންނަ އޭޕްރީލުން ފެށިގެން އާ އުސޫލަކަށް

އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ދިނުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ. މި ބަދަލާއެކު، މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް އިސްކަންދީގެން އިނާޔަތް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން، ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ އަދަދު އިތުރުވަމުން ދިއުމާއެކު، އެކަމަށް ހިނގާ ޚަރަދުވެސް އިތުރުވަމުންދެއެވެ. މީގެ އިތުރުން ރިޓަޔަރމަންޓް އިނާޔަތް ލިބެންޖެހޭ މުވައްޒަފުންގެ އަދަދު އިތުރުވުމާއި، 65 އަހަރުން މަތީ މީހުންނަށް ދޭ އިނާޔަތުގެ ޚަރަދުވެސް މައްޗަށް ދަނީ ދަތުރުކުރަމުންނެވެ.

ފިނޭންސް މިނިސްޓްރީގެ މަޢުލޫމާތުގައިވާ ގޮތުން، ވޭތުވެދިޔަ އަހަރު ދުވަސްވީ މީހުންގެ އެލަވަންސަށް 1.3 ބިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ. އަދި ދައުލަތުގެ ވަޒީފާއިން ރިޓަޔަރކުރާ ފަރާތްތަކަށް 298 މިލިއަން ރުފިޔާ ހޭދަކުރެވުނެވެ. އަންނަ އަހަރު މި ޚަރަދު 1.5 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވެއެވެ.

ޕެންޝަން ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، ގިނަ އިސްލާހީ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި، މުއައްސަސާތަކުން ޕެންޝަނަށް ދޭ އަދަދުތަކުގެ ފަރަގު ނައްތާލުމާއި، އެއް ހަމައަކުން އިނާޔަތްތައް ދިނުން ހިމެނެއެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން، 65 އަހަރުން މަތީގެ މީހުންނަށް ދެމުންދާ ބޭސިކް ޕެންޝަން އިނާޔަތް ލިބޭނީ މާލީ ފޯރުންތެރިކަން ދަށް ފަރާތްތަކަށެވެ. މި ބަދަލާއެކު، ޕެންޝަން އިނާޔަތް ބަދަލުވެގެންދާނީ ޓާގެޓް ޕެންޝަން ނިޒާމަކަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.