ރޯދަމަހު ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް

އަންނަ އަހަރުގެ ރޯދަމަހު ކޮންމެ ގެއަކަށް ސަރުކާރުން މަސްދަޅު ކޭހެއް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޑރ މުއިއްޒު ވިދާޅުވީ އެސްޓީއޯގެ އެމްޑީއަށް އަންގަވާފައިވާނީ އަންނަ ރޯދަމަހު، ކާޑުގެ ބަދަލުގައި މަސްދަޅު ކޭހެއް ކޮންމެ ގެއަކަށް ހިލޭ ދިނުމަށް ކަމަށެވެ.

“ކުރިއަށް އޮތް ރަމަޟާން މަހަށް އަޅުގަނޑުމެން ގަސްދުކުރަނީ، އެސްޓީއޯގެ އެމްޑީ އަށް އަޅުގަނޑު ދަންނަވައިފިން ކާޑުގެ ބަދަލުގައި ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ހިލޭ ދޭން،” ރައީސް ވިދާޅުވި އެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ މިއަހަރުގެ ރޯދަމަހު ކަރަންޓާއި ފެން ބިލުން 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާނެ ކަމަށެވެ. އަދި 82،000 ގޭބިސީއަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ވެސް ހިލޭ ދެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ އެހެން އެހީތެރިކަމުގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ އެކި ރަށްރަށުގައި އިމާރާތްކޮށްފައިވާ ގެދޮރުގެ އަގުތައް ކުޑަކޮށްދެވުނު ކަމަށެވެ. މީގެ އިތުރުން ހިޔާ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތަށް ކުރި ހަރަދު ފްލެޓްތަކުގެ އަގުން އުނިކޮށްދެވުނު ކަމަށް ވެސް ވިދާޅުވިއެވެ.

“މިއީ 7،000 ފްލެޓަށް 7،000 އާއިލާ އަށް ލިބުނު ވަރަށް ބޮޑު ލުޔެއް. ފޭސް 1 ގައި އަޅާފައިވާ ފްލެޓްތަކުން ވެސް 20 ޕަސެންޓް އަޅުގަނޑުމެން ވާނީ މަހުން މަހަށް ދައްކާ އަގުން ކަނޑައިދީފައި،”

7،000އާއިލާއަށް ލިބުނު މި ލުޔުގެ އިތުރުން، ފޭސް 1 ގައި އަޅާފައިވާ ފްލެޓްތަކުގެ މަހު ފީން ވެސް 20 ޕަސެންޓް ކުޑަކޮށްދެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މުޅި ރާއްޖެއިން އިޖްތިމާއީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ތަންތަނަށް އަރާފައިވާ 77 މިލިއަން ރުފިޔާގެ ޖޫރިމަނާ މާފުކޮށްދެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.