ޓީޗަރުންގެ ގާބިލްކަން އިތުރުކުރަން އެކި ސަރަހައްދުތަކުގައި ސެންޓަރުތަކެއް އަޅަނީ

އަންނަ އަހަރު ތަޢުލީމީ ދާއިރާއިން އެންމެ ބޮޑު އިސްކަމެއް ދޭނީ މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދިން “ހަފްތާ 52” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިކަން ކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި “އެޑިޔުކޭޝަން ސެންޓަރ ފޯ އެކްސެލެންސް” ގެ ނަމުގައި ސެންޓަރުތައް ޤާއިމްކުރުމަށް ނިންމާފައިވާކަމަށެވެ.

“މިތަނުން މުދައްރިސުންނަށް ބޭނުންވާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާއި ޕްރިންސިޕަލުންނަށް ބޭނުންވާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފޯރުކޮށްދޭނެ. އަދި ސްކޫލް އިވެލުއޭޝަންގެ މަސައްކަތްތައް މިއަށްވުރެ ހަރުދަނާވެގެންދާނެ.” މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހާރު ބޭނުންކުރަމުންދާ “މީމިސް” ސިސްޓަމް ބަދަލުކޮށް، އައު އެޑިޔުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމެއް ޤާއިމްކުރާނެކަމަށާއި މި ނިޒާމުގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ބޭނުންވާ މަޢުލޫމާތު ފުރިހަމައަށް ލިބޭނެ ކަމަށެވެ.


އަދި ސްކޫލްތައް އޭސީ ކުރުމާއި، ދަރިވަރުންގެ ޓެކްސްޓް ފޮތްތައް ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢުތައް ވެސް އަންނަ އަހަރު ކުރިއަށް ގެންދިއުމަށް ރޭވިފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.